ރައްޔިތުން މަޖިލިހުގެ ރައީސް ތަޤުރީރުކުރައްވަނީ / ފޮޓޯ:މަޖިލިސް
ތަރައްޤީގެ ސްޓްރެޓެޖީތައް އެކުލަވާލުމުގައި ބައިނަލްއަޤްވާމީ އެއްބާރުލުމަށް އިސްކަންދިނުން މުހިންމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ ޗައިނާގެ ބެއިޖިންގގައި މިހާރު ކުރިއަށްދާ "2024 އިންޓަރ-ރީޖަނަލް ސެމިނަރ" ގައި ތަޤުރީރު ކުރައްވަމުންނެވެ.
މަޖިލިސް ރައީސް ފާހަގަކުރެއްވި ގޮތުގައި، ކޮންމެ ޤައުމަކުންވެސް އެ ޤައުމެއްގެ ޚާއްޞަ ހާލަތްތަކަށާއި ވަސީލަތްތަކަށް ރިޢާޔަތްކުރަންޖެހެއެވެ. އަދި ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީގެ ސްޓްރެޓެޖީތައް ވަނީ ޑިމޮކްރެޓިކް އޮނިގަނޑާއި ތިމާވެށީގެ ދެމެހެއްޓެނިވިކަމާ ގުޅިފައިކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، އެންމެންނަށް ފައިދާ ލިބޭފަދަ އިޤްތިޞާދީ ގޮތުން ބަވަނަވެފައިވާ ދުނިޔެއަކަށް ވާސިލުވުމަށް، ދެމެހެއްޓެނިވި އުސޫލުތަކަށާއި، ޑިމޮކްރެޓިކް އުސޫލުތަކަށާއި، ބައިނަލްއަޤްވާމީ އެއްބާރުލުމަށް އަހަންމިއްޔަތުކަން ދިނުން މުހިންމުކަމަށެވެ. އަދި މިކަމުގައި ޗައިނާއާއި އެހެނިހެން ޤައުމުތަކާއެކު ގުޅިގެން މަސައްކަތްކުރުމަށް ރާއްޖެއިން ބޭނުންވާކަމަށްވެސް ވިދާޅުވިއެވެ.
18 އިން 23 އޯގަސްޓަށް ކުރިއަށްދާ މި ބައްދަލުވުމުގައި މަޖިލީހުގެ ރައީސްގެ އިތުރުން، ތިން މެންބަރުންނާއި މަޖިލީހުގެ އަމީން ޢާންމު ބައިވެރިވެވަޑައިގަންނަވައެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް