ޑރ. ޝަހީމުއަކީ ދުނިޔޭގެ ފެންވަރުގައި ބަލައިގެންފައިވާ ބޭފުޅެއް
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ އިންޓަރނޭޝަނަލް އިސްލާމިކް ފިގުހު އެކަޑަމީގެ މެމްބަރަކަށް އައްޔަންކުރައްވައިފި އެވެ.
އިސްލާމިކް މިނިސްޓރީން ކުރި އެކްސް ޕޯސޓެއްގައި ވިދާޅުވީ މި މަހުގެ 8 ވަނަ ދުވަހު އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ އިންޓަރނޭޝަނަލް އިސްލާމިކް ފިގުހުއެކަޑަމީން ބޭއްވި ބައްދަލުވުމަކުން ، އެ އެކަޑަމީގެ މެމްބަރަކަށް މިނިސްޓަރު ޝަހީމް އައްޔަންކުރައްވާފައިވާ ކަމަށެވެ.
ޑރ. ޝަހީމަކީ އޯއައިސީއަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ ކުރިން އެ ޖަމްޢިއްޔާގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރުކަން ކުރައްވާފައިވާ ޑރ.ޝަހީމަކީ ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 500 މުސްލިމު ލީޑަރުންގެ ލިސްޓުގައި ވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި ވެސް ޑރ. ޝަހީމަކީ ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އެމަނިކުފާނަކީ އިސްލާމިކް މިނިސްޓަރުގެ މަޤާމު އެންމެ ގިނަ ސަރުކާރުގައި ފުރުއްވާފައިވާ ބޭފުޅާއެވެ. މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އިތުރުން، ކުރީގެ ރައީސް ޢަބްދުﷲ ޔާމީނާއި ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ވެރިކަމުގައި ވެސް އިސްލާމިކް މިނިސްޓަރުކަން ކުރައްވާފައިވެއެވެ.
ތަޢުލީމީ ދާއިރާއިން ބަލާއިރު، މަދީނާ ޔުނިވަރސިޓީން ތަޢުލީމު ހާސިލުކުރައްވާފައިވާ ޑރ. ޝަހީމް ވަނީ ރާއްޖޭގެ މަތީ ތަޢުލީމުގެ ޚިދުމަތް ފޯރުކޮށްދޭ ގިނަ މަރުކަޒުތަކުގައި އިސް މަޤާމުތައް ފުރުއްވާފައެވެ. އޭގެ ތެރޭގައި އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރުކަމާއި، ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް ޝަރީޢާގެ ޑީންކަމުގެ އިތުރުން ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ މުޝްރިފް މުސާއިދުގެ މަޤާމު ހިމެނެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް