ޕީޖީ ޝަމީމަށް ހަމަލާދިން މައްސަލައިގައި 7 މީހެއްގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވާފައިފި

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމަށް ހަމަލާދިން މައްސަލައިގައި 7 މީހެއްގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ފުލުހުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވައިފިއެވެ.

މިދިޔަ ޖެނުއަރީ 31 ވަނަ ދުވަހުގެ ހެނދުނު ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމަށް އޭނާގެ ގޭ ދޮރުމަތިން ހަމަލާދިން މައްސަލައިގައި ހައްޔަރުކުރެވުނު 7 މީހުންގެ ތަޙްޤީޤު މިހާރު ވަނީ ނިމިފައެވެ. އަދި އެ 7 މީހުންގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި މިމަހުގެ 18 ވަނަ ދުވަހު ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވާފައެވެ.

މި މައްސަލައިގައި ދަޢުވާކުރުމަށް ފޮނުވާފައިވާ 7 މީހުންނަކީ:

1. ޝަމާލް ހުސެން (21 އަހަރު، މުސްތަރީގެ / ތ. ގާދިއްފުށި)

2. ޒަޔާން ނަސީރު (23 އަހަރު، ކެމީހިޔާ / އދ. މާމިގިލި)

3. އަބާން އަބްދުލްހައްނާން (23 އަހަރު، ރުވާ / ތ. ދިޔަމިގިލި)

4. ރަޖުވާން ލަތީފް (22 އަހަރު، މުރިނގު / ލ. މާމެންދޫ)

5. މިދުހަތު އާދަމް (24 އަހަރު، ރިވެލި / ރ. އަލިފުށި)

6. މުހައްމަދު ޖަޒްލާން (22 އަހަރު، ތުނޑި ޖަވާހިރުވިލާ / ލ. ގަން)

7. އަހްމަދު މައިސާން ހާޝިމް (20 އަހަރު، މާލޭ ދަފްތަރު ނަންބަރު 2247)

 ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފައިވަނީ މި 7 މީހުންނަށް ދަޢުވާކުރުމާމެދު މާދަމާ ގޮތެއް ނިންމާނެ ކަމަށެވެ. މި މައްސަލައިގައި ހައްޔަރުކުރެވުނު 7 މީހުން މިހާރު ވަނީ ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓާފައެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

22 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy