ލަލީގާ: ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މެޗުގެ ނަތީޖާ އެއްވަރު!

އެތުލެޓިކޯ މެޑްރިޑް އާއި ވިލަރިއަލް ކުޅުނު މެޗުގެ ތެރެއިން

އެތުލެޓިކޯ މެޑްރިޑް އަދި ވިލަރިއަލް ބައްދަލު ކުރި މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރު ވެއްޖެއެވެ.

ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ފޯރިގަދަ ކުޅުމެކެވެ. މެޗުގެ ފުރަތަމަ ގޯލު ޖަހައި ކުރި ހޯދީ ވިލަރިއަލްއިންނެވެ. ވިލަރިއަލްގެ ގޯލު ކާމިޔާބުކޮށްދިނީ ޑަންޖޫމާއެވެ. އޭގެ 2 މިނެޓު ފަހުން ލޮރެންޓޭގެ ރީތި ގޯލަކާއިއެކު އެތުލެޓިކޯއިން މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ.

މެޗުގެ 3 ވަނަ ގޯލަކީ ވިލަރިއަލް އިން ނެގި ހުރަހެއް އެތުލެޓިކޯގެ ކޯކޭ ގައިގަ ޖެހި ބައިކޮޅަށް ވަތް ގޯލެކެވެ. އެތުލެޓިކޯއިން ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކުރީ ޓީމުގެ ފޯވާޑް ސޯލޮތް ބޮލުން ފޮނުވާލި ހަމަލާއިންނެވެ. ސޯލޮތް އަކީ މި ސީޒަނުގައި ވިލަރިއަލްއިން އެތްލެޓިކޯޑް މެޑްރިޑްއަށް ގުޅުނު ކުޅުންތެރިއެކެވެ. މެޗުގެ ހުރިހާ ގޯލެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައެވެ.

އެތްލެޓިކޯ މެޑްރިޑް އިންވަނީ މިފަހަރުގެ ލީގު ނެގުމަށް ތައްޔާރުވުމުގެ ގޮތުން ގިނަ ކުޅުންތެރިތަކެއްގެ ސޮއި ހޯދައިފައެވެ. ސޯލޮތްގެ އިތުރުން އާރޖެންޓީނާގެ ޒުވާން ފޯވާޑް ޖޫލިއަން އަލްވަރެޒް އަދި ސްޕެއިންގެ ޔޫރޯ2024 ނެގުމަށް މުހިއްމު ދައުރެއް އަދާކުރި ޑިފެންޑަރު ލެ ނޯރމަންޑްވެސް ވަނީ މި ސީޒަނުގައި އެތްލެޓިކޯ މެޑްރިޑްއަށް ސޮއިކޮށްފައެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

58 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy