ކޮންމެ އަހަރަކުވެސް ސަރުކާރުގެ ކުންފުނިތަކަށް ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއްކުރޭ
ސަރުކާރުގެ ކުންފުނިތައް ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ސަރުކާރުގެ ކުންފުނިތަކަށް ބަޖެޓުން 1.33 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.
ޕީސީބީން އާންމުކޮށްފައިވާ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ އެސްއޯއީ ރިޕޯޓުގައިވާ ގޮތުން، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 12 މިލިއަން ރުފިޔާ ނުވަތަ 1 އިންސައްތަ ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސަރުކާރު ކުންފުނިތަކަށް ދޫކޮށްފައިވަނީ 1.34 ބިލިއަން ރުފިޔާއެވެ.
ރިޕޯޓުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، ސަރުކާރު ކުންފުނިތަކަށް ބަޖެޓުން އެންމެ ގިނައިން ފައިސާ ދޭންޖެހިފައިވަނީ ސަބްސިޑީގެ ގޮތުގައެވެ. އެގޮތުން ސަބްސިޑީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. މިއީ 2 އިންސައްތައިގެ އިތުރުވުމެކެވެ. ދެން އެންމެ ގިނައިން ފައިސާ ދޫކޮށްފައިވަނީ ކެޕިޓަލްގެ ގޮތުގައި 164.9 މިލިއަން ރުފިޔާ އަދި ގްރާންޓުގެ ގޮތުގައި 60.5 މިލިއަން ރުފިޔާއެވެ.
މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ބަޖެޓުން އެންމެ ބޮޑު އަދަދެއް ދޫކޮށްފައިވަނީ ހުޅުމާލެ ބަލަހައްޓާ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށެވެ. އެ ކުންފުންޏަށް 484.8 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، އޭގެ ތެރެއިން 84.8 މިލިއަން ރުފިޔާ ދޫކޮށްފައިވަނީ ހިންގުމުގެ ހަރަދަށް ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
ދެން ބަޖެޓުން އެންމެ ގިނައިން ފައިސާ ދޫކުރި ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ:
- އެސްޓީއޯ: 359.33 މިލިއަން ރުފިޔާ (ކާޑާއި ތެލުގެ ސަބްސިޑީއަށް)
- ފެނަކަ: 249.9 މިލިއަން ރުފިޔާ (ކަރަންޓް ބިލް އަގުހެޔޮކުރަން ސަބްސިޑީއަށް)
- އެމްއެމްޕީއާރުސީ: 38.55 މިލިއަން ރުފިޔާ (ރާއްޖެ ޕްރޮމޯޓް ކުރަން އެހީގެ ގޮތުގައި)
- އެސްޑީއެފްސީ: 30 މިލިއަން ރުފިޔާ
- ފަންޑް މެނޭޖްމަންޑް ކޯޕަރޭޝަން: 28.13 މިލިއަން ރުފިޔާ (ހިންގުމުގެ ހަރަދަށް)
މީގެ އިތުރުން، ރީޖަނަލް އެއާޕޯޓްސް، އައްޑޫ އެއާޕޯޓް، ޕީއެސްއެމް އަދި ވެމްކޯ ފަދަ ކުންފުނިތަކަށްވެސް އެކި މިންވަރުން ފައިސާ ދޫކޮށްފައިވެއެވެ. އަދި ޕޯސްޓް އޮފީސް، ބީސީސީ، ޓްރޭޑްނެޓް އަދި ފަހި ދިރިއުޅުން ކުންފުންޏަށް ޖުމްލަ 19.4 މިލިއަން ރުފިޔާ ހިންގުމަށް ދޫކޮށްފައިވެއެވެ.
މި އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ 50 ބިލިއަން ރުފިޔާގެ ބަޖެޓުގެ 3 އިންސައްތައަށް ވުރެ ބޮޑު އަދަދެއް ވަނީ ކުންފުނިތަކަށް ކެޕިޓަލްގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައެވެ. ނަމަވެސް، މި އަދަދަށް ވުރެ އިތުރަށް ކޮންމެ އަހަރަކުވެސް ބިލިއަނެއްހާ ރުފިޔާ ކުންފުނިތަކަށް ދޭން ޖެހޭކަން ފާހަގަކުރެވެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް