ޗެލްސީގެ ދެވަނަ މެޗުންވެސް ސްޓާލިން އަށް ޖާގައެއް ނުދިން

ޗެލްސީގެ ވިންގަރ ރަޙީމް ސްޓާރލިންގ

ޔޫއެފާ ޔޫރަޕާ ކޮންފަރެންސް ލީގުގެ ޕްލޭ އޮފް މަރުޙަލާގައި ސްވިޒަލޭންޑްގެ ސަރވެޓް އާ ދެކޮޅަށް އަންނަ ބުރާސްފަތި ދުވަހު ކުޅޭ މެޗަށް ޗެލްސީން ޔޫއެފާގައި ރަޖިސްޓަރީކުރި ސްކޮޑުން ޗެލްސީގެ ވިންގަރ ރަހީމް ސްޓާލިންގ އުނިކޮށްފިއެވެ.

ވިދިވިދިގެން ދެވަނަ ފަހަރަށް ޗެލްސީގެ މެޗު ސްކޮޑުން ސްޓާލިންގއަށް ފުރުސަތު ގެއްލިފައިވާއިރު، އޭނާ ވަނީ ޕްރިމިއަރ ލީގުގެ ފުރަތަމަ މެޗުގައި މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން ފުރުސަތު ނުލިބުމާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. މީގެ އިތުރުން، ޗެލްސީގައި ސްޓާލިންގގެ މުސްތަޤުބަލާ މެދު ސުވާލު އުފެދިފައިވާތީ، އެކަން ސާފުކުރަންޖެހޭ ކަމަށް ބުނެ އޭނާގެ ފަރާތުން ވަނީ ކުރިން ބަޔާނެއްވެސް ނެރެފައެވެ.

މި ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޗެލްސީން ވަނީ 185 މިލިއަން ޕައުންޑް (ގާތްގަނޑަކަށް 236 މިލިއަން ޑޮލަރު) ޚަރަދުކޮށް 11 އައު ކުޅުންތެރިން ގެނެސްފައެވެ. މިކަމުގެ ސަބަބުން ކްލަބުގެ ހެޑް ކޯޗު މައުރީސިއޯ ޕޮޗެޓީނޯއަށް ފުރަތަމަ ޓީމު އެކުލަވާލުމަށް 40 ކުޅުންތެރިންގެ ފުޅާ ސްކޮޑެއް ލިބިފައިވެއެވެ.

ސްޓާލިންގ 2022 ވަނަ އަހަރު ޗެލްސީއާ ގުޅުނީ މެންޗެސްޓަރ ސިޓީން 50 މިލިއަން ޕައުންޑް (ގާތްގަނޑަކަށް 63.7 މިލިއަން ޑޮލަރު)ގެ ޓްރާންސްފަރ ފީއަކަށެވެ. މި މުއްދަތުގެ ތެރޭގައި ޗެލްސީއަށް ކުޅެދިން މެޗުތަކުގައި ސްޓާލިންގ ވަނީ 19 ލަނޑު ޖަހާފައެވެ.

ޔޫރަޕާ ކޮންފަރެންސް ލީގުގެ ޕްލޭއޮފް މެޗަށް ޗެލްސީން ތައްޔާރުވަމުންދާއިރު، ޕްރިމިއަރ ލީގުގެ ފުރަތަމަ މެޗުގައި ޗެލްސީ ވަނީ މެންޗެސްޓަރ ސިޓީއަށް 2-0 ގެ ނަތީޖާއަކުން ބަލިވެފައެވެ. މި ހާލަތުގައި ކްލަބުގެ ކުރިމަގާމެދު ގިނަ ސުވާލުތަކެއް އުފެދިފައިވާކަން ފާހަގަކުރެވެއެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

5 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy