ވަރަށް ގިނަ އަދަދެއްގެ ބިލުތަކެއްގެ މަސައްކަތް މިހާރުވެސް މަޖިލހުން ކުރަމުން އެބަގެންދޭ / ފޮޓޯ:މަޖިލިސް
ރައްޔިތުންގެ މަޖިލީހުން ނެރުނު އިޢުލާނެއްގައި އާބަން ޑިވެލޮޕްމަންޓް ބިލަށް އާންމުންގެ ޚިޔާލު ހުށަހެޅުމަށް ހުޅުވާލައިފިއެވެ.
މި ބިލަކީ ރައްޔިތުންގެ މަޖިލީހުގެ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއާއި ލާމަރުކަޒީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ދިރާސާކުރަމުންދާ ބިލެކެވެ.
މި ބިލާ ގުޅޭގޮތުން އެއްވެސް ފަރާތެއްގެ ޚިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގެ އީމެއިލް committee@majlis.gov.mv އަށް ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުން ހުށަހެޅިދާނެއެވެ. ޚިޔާލު ހުށަހެޅުމުގެ ސުންގަޑިއަކީ 25 އޮގަސްޓު 2024 ވާ އާދީއްތަ ދުވަހުގެ 16:00 އެވެ.
އާބަން ޑިވެލޮޕްމަންޓް ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ވިލިނގިލި ދާއިރާގެ މެންބަރު ސައުޒަން އަޙްމަދު އަމީންއެވެ.
މި ބިލުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ބިނާވެށި ޕްލޭންކޮށް ހިންގުމާ ގުޅޭ ކަންކަން ހަރުދަނާ ޤާނޫނީ އޮނިގަނޑެއްގެ ދަށުން އިންތިޒާމުކުރުމެވެ. މީގެ ތެރޭގައި ދެމެހެއްޓެނިވި އަދި ޒިންމާދާރު ގޮތެއްގައި ބިމުގެ ބޭނުން ހިފުމާއި، ބިނާވެށި ޕްލޭންކޮށް ހިންގުމާއި، އެ ޕްލޭންތަކާ އެއްގޮތަށް ބިން ތަރައްޤީކޮށް ހިންގުމުގެ އަސާސީ މިންގަނޑުތައް ކަނޑައެޅުން ހިމެނެއެވެ. އަދި ތަރައްޤީގެ މަސައްކަތްތައް މޮނިޓަރކޮށް ފިޔަވަޅު އެޅުމާބެހޭ އުސޫލުތައްވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް