އިސްރާއިލުން ފަލަސްތީނުގައި މިހާރު ހިންގަމުން ގެންދާ ޤަތުލް އާއްމުގައި ކޮންމެ ދުވަހަކު އެތައްބަޔަކު ޝަހީދުވެގެން ދޭ
ގައްޒާ ސިޓީގެ މުސްތަފާ ހަފީޒް ސްކޫލަށް އިސްރާއީލުން ދިން ހަމަލާއެއްގައި ފަލަސްތީނުގެ 10 މީހުން ޝަހީދުވެއްޖެއެވެ.
މި ސްކޫލަކީ ގެދޮރު ގެއްލިފައިވާ ސަތޭކަ އެތަކެއް މީހުން ހިމާޔަތް ހޯދުމަށް ބޭނުންކުރަމުންދާ ތަނެކެވެ. ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ގިނަ ސްކޫލުތަކަކަށް ހަމަލާ ދީފައިވާކަން ފާހަގަކުރެވެއެވެ.
ހަމާސް އިން ބުނެފައިވަނީ މިހާރު ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމުގެ މަޝްވަރާތަކުގެ ޝަރުތުތައް އެމެރިކާއިން ބަދަލުކޮށް، އިސްރާއީލަށް "އަނދިރި ތާއީދެއް" ދައްކަމުންދާ ކަމަށެވެ. މިހެން ބުނެފައިވަނީ އެމެރިކާގެ އިސް ޑިޕްލޮމެޓް ބްލިންކެން މި ސަރަހައްދަށް ކުރައްވާ ދަތުރުގައި މިއަދު މިސްރަށް ވަޑައިގަންނަވަމުންދާ ވަގުތެއްގައެވެ.
އިސްރާއީލު ސިފައިންގެ ބަޔާނެއްގައި ބުނެފައިވަނީ ހަމާސްއިން ހިފަހައްޓާފައި ތިބި މީހުންގެ ތެރެއިން 6 މީހެއްގެ ހަށިގަނޑު ޚާން ޔޫނިސްއިން ލިބިފައިވާ ކަމަށެވެ. އަދި އަދިވެސް ހިފަހައްޓާފައި ތިބި އިސްރާއީލްގެ މީހުންގެ އާއިލާތަކުން ސަރުކާރަށް ގޮވާލަނީ ހަނގުރާމަ ހުއްޓުވުމުގެ އެއްބަސްވުމަކަށް އަވަހަށް ވާސިލުވުމަށެވެ.
އަނެއްކޮޅުން އެމެރިކާގެ ޑިމޮކްރެޓިކް ނެޝަނަލް ކޮންވެންޝަން ފެށުމާއެކު، ޝިކާގޯގެ މަގުތަކަށް އެތައް ހާސް ބަޔަކު ނުކުމެ، ގައްޒާގައި އިސްރާއީލުން ކުރަމުންދާ ހަނގުރާމައަށް ބައިޑެން ސަރުކާރުން ދެމުންދާ އެހީތެރިކަމާ ދެކޮޅަށް ވަނީ އިހުތިޖާޖު ކޮށްފައެވެ.
އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް މަދުވެގެން 40،173 މީހުން މަރުވެ، 92،857 މީހުން ޒަޚަމްވެފައިވެއެވެ.
ޒަޔަނިސްޓު އިސްރާއިލުން ފަލަސްތީނުގައި ހިންގަމުންގެންދާ ރަހުމެއްނެތް ޤަތުލު އާއްމުތައް ހުއްޓުވުމަށް މުޅި ދުނިޔެ ނުކުޅެދިފައިވާއިރު ފަލަސްތީނުގެ ރައްޔިތުންނަށް ވަނީ ބޯފެނަށާއި، ކާނާއަށް ޖެހިފައެވެ. އަދި އެންމެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންވާ ވަސީލަތްތަކުންވެސް އެ ރައްޔިތުން ވަނީ މަހުރޫމުވެފައެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް