ފިލް ފޯޑެން ޕީއެފްއޭ ޕްލޭޔަރ އޮފް ދަ އިޔަރ އެވޯޑް ހޯދައިފި

ފިލް ފޯޑެން ޕީއެފްއޭ ޕްލޭޔަރ އޮފް ދަ އިޔަރ އެވޯޑް އާއި އެކު

މެންޗެސްޓަރ ސިޓީގެ ތަރި ފިލް ފޯޑެން އޭނާގެ ފަޚުރުވެރި ކެރިއަރަށް އިތުރު ވަނައެއް އަންގާރަ ދުވަހު ހޯދައިފިއެވެ. މިއީ އޭނާގެ ކެރިއަރގައި ފުރަތަމަ ފަހަރަށް ޕްރޮފެޝަނަލް ފުޓްބޯޅަ އެސޯސިއޭޝަން (ޕީއެފްއޭ) އިން ދޭ އެވޯޑް ކާމިޔާބުކުރުމެވެ.

24 އަހަރުގެ އިނގިރޭސި މިޑްފީލްޑަރު މި ވަނަ ހޯދީ ޕެޕް ގުއާޑިއޯލާގެ ދަށުން ފާހަގަކޮށްލެވޭ މޮޅު ސީޒަނެއް ހޭދަކުރުމަށްފަހުއެވެ. ސިޓީން ވިދިވިދިގެން ހަތަރުވަނަ އަހަރަށްވެސް ޕްރިމިއަރ ލީގު ކާމިޔާބުކުރި މި ސީޒަނުގައި ފޯޑެން ވަނީ 35 މެޗުގައި 19 ލަނޑު ޖަހާފައެވެ. މިހާތަނަށް އޭނާ ވަނީ 6 ޕްރިމިއަރ ލީގު މެޑެލް ހޯދާފައެވެ.

ފޯޑެން މި ވަނަ ކާމިޔާބުކުރީ ޗެލްސީގެ ކޯލް ޕާމަރ، އާސެނަލްގެ މާޓިން އޯޑެގާޑް، އެސްޓަން ވިލާގެ އޮލީ ވޯޓްކިންސް އަދި އޭނާގެ ޓީމް މެޓުންކަމުގައިވާ ރޮޑްރީ އާއި އަރލިންގ ހާލަންޑްގެ ވާދަވެރިކަމާ ކުރިމަތިލައިގެންނެވެ. ފޯޑެންގެ މި ކާމިޔާބީއާ ގުޅިގެން އޭނާގެ ޓީމް މެޓުން ވަނީ އުފާފާޅުކޮށް، އޭނާގެ ހުނަރުވެރިކަމަށް މަތީ އަގު ދީފައެވެ.

ފިލް ފޯޑެން އަކީ އިނގިރޭސި ފުޓުބޯޅައިގެ ތާރީޚުގައި އެންމެ ޚާއްޞަ ކުޅުންތެރިޔާ ކަމަށް މެންޗެސްޓަރ ސިޓީގެ ތަޖުރިބާކާރު ކުޅުންތެރިން ކަމުގައިވާ ރޮޑްރީ އާއި އާލިންގ ހާލަންޑް ވަނީ ފާހަގަކޮށްފައެވެ. މި ޝަރަފު ފޯޑެންއަށް ލިބިގެން ދިޔައީ އޭނާ ޕީއެފްއޭ ޕްލޭޔަރސް ޕްލޭޔަރ އޮފް ދަ އިޔަރގެ މަޤާމު ހާސިލުކުރުމާ ގުޅިގެންނެވެ.

23 އަހަރުގެ ފޯޑެން ވަނީ ފާއިތުވި މޫސުމުގައި މެންޗެސްޓަރ ސިޓީއަށް ޓްރެބަލް ހޯދައިދިނުމުގައި އިސް ދައުރެއް އަދާކޮށްފައެވެ. އޭނާގެ ފާހަގަކޮށްލެވޭ ޕަފޯމަންސްގެ ސަބަބުން، ސިޓީއަށް ވަނީ ޕްރިމިއަރ ލީގާއި އެފްއޭ ކަޕް އަދި ޔޫއެފްއޭ ޗެމްޕިއަންސް ލީގުގެ ޝަރަފުވެރި މަޤާމުތައް ހޯދައިދެވިފައެވެ.

ރޮޑްރީ ވަނީ ފޯޑެންގެ އިސްތިސްނާ ހުނަރުވެރިކަމާއި ކުޅުމުގެ ފެންވަރު ފާހަގަކޮށް، އޭނާއަކީ އިނގިރޭސި ފުޓުބޯޅައިގެ ތާރީޚުގައި އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިޔާ ކަމުގައި ބަޔާންކޮށްފައެވެ. ހަމައެހެންމެ، ހާލަންޑްވެސް ވަނީ ފޯޑެންގެ އުސްމިނުގައިވާ ހުނަރުވެރިކަމާއި ކުޅުމުގެ ފެންވަރަށް ތަޢުރީފުކޮށް، އެކަން ފާހަގަކޮށްފައެވެ.

ކޮމެންޓް

Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy