ގަވަރުނަރާއިއެކު ބޭއްވުނު ބައްދަލުކުރެއްވުމުގެ ތެރެއިން / ފޮޓޯ:ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓަރު މޫސާ ޒަމީރު، ސައުދީ އަރަބިއްޔާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު އައިމަން އަލް ސަޔާރީއާ ބައްދަލު ކުރައްވައި، ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފި އެވެ.
ރައީސް މުހައްމަދު މުއިއްޒު ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާންއަށް ފޮނުއްވި ހާއްސަ ސިޓީއެއް ރައްދު ކުރެއްވުމަށާއި އެ ގައުމުގެ ހާރިޖީ ވަޒީރު ފައިސަލް ބިން ފަރުހާން އަލް ސައުދުގެ ދައުވަތަކަށް، ޒަމީރު ސައުދީއަށް ވަޑައިގެންނެވީ މިދިޔަ ހޮނިހިރު ދުވަހު އެވެ.
ފޮރިން މިނިސްޓްރީން އެކްސް ޕޯސްޓެއްގައި ހާމަކުރި ގޮތުގައި، ޒަމީރު ސައުދީގެ ގަވަރުނަރާ އެކު ބޭއްވި ބައްދަލުވުމުގައި ރާއްޖޭގެ އިގްތިސާދީ ހާލަތުގެ އިތުރުން، ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިއެރުމާއި ރާއްޖޭގައި އިންވެސްޓު ކުރުމަށް ހުރި ފުރުސަތުތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރެއްވި އެވެ.
ޒަމީރު އެކްސްގައި ވިދާޅުވިގޮތުގައި ކަރަންޓް އެކައުންޓް ޑެފިސިޓްގެ ގޮންޖެހުންތައް ނައްތާލުމަށްޓަކައި ބައިލެޓަރަލް ޓްރޭޑް ފުޅާކުރުމުގެ ފުރުސަތުތަކާ ބެހޭގޮތުން ވެސް މަޝްވަރާކުރެއްވި އެވެ.
ޒަމީރާއެކު މި ދަތުރުފުޅުގައި އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރާއި އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ބައިވެރިވެވަޑައިގަންނަވަ އެވެ. މި ވަފްދުން އިއްޔެ ވަނީ ސައުދީގެ ހާރިޖީ ވަޒީރު ފައިސަލްއާ ބައްދަލު ކޮށްފައެވެ. އަދި އެ ބައްދަލުވުމުގައި، ރައީސް މުއިއްޒު ވަލީއަހުދުއަށް ފޮނުއްވި ސިޓީ ރައްދުކޮށްފައިވެ އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް