ފެން ބޮޑުވާނެކަަމަށް ބަލާ ރާއްޖޭގެ އުތުރަށް ވަނީ އޮރެންޖު ސަމާލު ނެރެފަ
މޫސުމާ ބެހޭ ގައުމީ އިދާރާއިން މިރޭ އެންމެ އުތުރުގެ ތިން އަތޮޅަށް އޮރެންޖް އެލާޓް ނެރެފިއެވެ.
މި އެލާޓް ނެރެފައިވަނީ ހއ. އާއި ހދ. އަދި ށ. އަތޮޅަށް މިރޭ 8:30 އިން 10:30 އަށެވެ. މި އެލާޓް ނެރެފައިވަނީ އެ ސަރަހައްދުތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ފުރުސަތު އޮތްކަމަށް ލަފާކުރެވޭތީއެވެ.
މެޓް އޮފީހުން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި މި މައުލޫމާތު ހިއްސާކޮށްފައިވެއެވެ. މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައާ ގުޅިގެން އެންމެ ފަހުން މެޓް އޮފީހުން އޮރެންޖް އެލާޓް ނެރެފައިވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ. އޭގެ ފަހުން އެންމެ މަތިން ވެސް ނެރެފައިވަނީ ޔެލޯ އެލާޓެވެ.
މި ވިއްސާރައިގައި އެންމެ ބޮޑު އަސަރެއް ކުރި އެއް ސަރަހައްދަކީ ވެސް އުތުރެވެ. އެގޮތުން މި މަހުގެ 13 ވަނަ ދުވަހު ހއ. ކެލާއަށް އެކަނި 231.5 މިލިމީޓަރު ވާރޭ ވެހުނެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ވެސް 24 ގަޑިއިރުތެރޭ އެންމެ ގިނަ މިންވަރަކަށް ވާރޭ ވެހުމުގެ ރިކޯޑެވެ. މީގެ ކުރިން މި ރިކޯޑް އޮތީ 2015 ވަނަ އަހަރު އައްޑޫ ގަމަށް ވެހުނު 228 މިލިމީޓަރުގެ ވާރެއަށެވެ.
ކެލާގެ އިތުރުން، މާލެ ހިމެނޭ ގޮތަށް، އެހެން ބައެއް ރަށްރަށުގައި ވެސް ފެންބޮޑުވުމުގެ ހާދިސާތައް މި ވިއްސާރައިގައި ހިނގާފައިވެއެވެ. މި ވިއްސާރައިގެ އަސަރު އަދިވެސް ކުރަމުންދާތީ، ރައްޔިތުން ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފައިވެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް