ކޮވިޑް-19 ޓެސްޓް ކެމިކަލް ހޯދުމުގެ ކޮރަޕްޝަނުގެ މައްސަލައިގައި ދަޢުވާކުރަން ފޮނުވައިފި

ޑރ. އަލީ އަބްދުﷲ ލަތީފް، އައިޖީއެމްއެޗްގެ ކުރީގެ ސީއީއޯ އިބްރާހީމް ސަލީމް

ކޮވިޑް-19 ގެ ޓެސްޓް ހެދުމަށް އައިޖީއެމްއެޗްގެ ލެބޯޓަރީގައި ބޭނުންކުރި "ރީއެޖެންޓްސް" ނުވަތަ ކެމިކަލް ހޯދުމުގެ މައްސަލައިގައި އައިޖީއެމްއެޗްގެ އިސްވެރިންނާ ދެކޮޅަށް ދައުވާކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މިއަދު ފޮނުވައިފިއެވެ.

އޭސީސީން ދައުވާކުރަން ހުށަހަޅާފައިވަނީ އައިޖީއެމްއެޗްގެ އޭރުގެ މެޑިކަލް އޮފިސަރ ޑރ. އަލީ އަބްދުﷲ ލަތީފް، އައިޖީއެމްއެޗްގެ ކުރީގެ ސީއީއޯ އިބްރާހީމް ސަލީމް، އަދި އައިޖީއެމްއެޗްގެ ލެބޯޓަރީގެ އޭރުގެ ވެރިޔާ ޑރ. މިލްޒާ އަބްދުލްމުހުސިންގެ މައްޗަށެވެ. މި ތިން ފަރާތުގެ މައްޗަށް ދައުވާކުރަން ހުށަހަޅާފައިވަނީ ޤާނޫނުލްއުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގައެވެ.

މި ކުށަކީ ހަތަރު ވަނަ ދަރަޖައިގެ ކުށެއް ކަމަށްވާތީ، ދައުވާ ސާބިތުވެއްޖެނަމަ އަސާސީ މިންގަނޑުން 1 އަހަރާއި 7 މަސް ދުވަހުގެ ހުކުމެއް އަންނާނެއެވެ. އެންމެ ބޮޑު އަދަބަކަށް ދެވޭނީ ހަތަރު އަހަރަށް ޖަލަށްލުމެވެ.

އޭސީސީން އިތުރަށް ފާހަގަކޮށްފައިވަނީ ޑރ. ލަތީފުގެ މަސްލަހަތު އޮތް އާރުއެމްއެލްއެސް ކުންފުނިން މަނީ ލޯންޑަރިންގ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭތީ، އެ ކުންފުންޏާއި ޑރ. ލަތީފުގެ މައްޗަށް މަނީ ލޯންޑަރިންގގެ ތަޙްޤީޤެއް ހިންގުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅުންހުރި އެހެން މައްސަލައެއްގެ ގޮތުގައި، ކޮވިޑުގެ ދުވަސްވަރު ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތަކެއް ގަތުމަށް ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏަށް 30 މިލިއަން ރުފިޔާ ދެއްކި ނަމަވެސް ވެންޓިލޭޓަރުތައް ލިބިފައި ނުވާ މައްސަލަ ފާހަގަކުރެވެއެވެ.

 

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

15 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy