ގުންޑޮގާން، ޖަރުމަން ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

ބާސެލޯނާގެ ޖަރުމަނު މިޑްފީލްޑަރު، އަދި ޖަރުމަނުގެ ކެޕްޓައިން ، އިލްކާއި ގުންޑޮގާން

ބާސެލޯނާގެ ޖަރުމަނު މިޑްފީލްޑަރު، އިލްކާއި ގުންޑޮގާން، ގައުމީ ޓީމުން މުސްކުޅިކުރާ ކަމަށް ރަސްމީކޮށް އިޢުލާނުކޮށްފިއެވެ.

އިޖުތިމާޢީ މީޑިއާގައި ޝާއިޢުކުރި ބަޔާނެއްގައި 33 އަހަރުގެ ގުންޑޮގާން ހާމަކުރި ގޮތުގައި، ގައުމީ ޓީމުން މުސްކުޅިކުރުމަށް ނިންމީ ދިގު މުއްދަތެއްގެ ވިސްނުމަށްފަހުގައެވެ.

ފާއިތުވި މޫސުމުގައި މެންޗެސްޓަރ ސިޓީން ބާސެލޯނާއަށް ބަދަލުވި ގުންޑޮގާން، ގައުމީ ޓީމަށް ފުރަތަމަ ކުޅެން ފެށީ 2011 ވަނަ އަހަރުގައެވެ. އެއަށްފަހު، މުސްކުޅިކުރުމާ ހަމައަށް، އެންމެ ފަހުން ބޭއްވުނު ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ނިޔަލަށް އޭނާ ވަނީ 82 މެޗު ކުޅެ، 19 ލަނޑު ޖަހާފައެވެ.

ގައުމީ ޓީމަށް ކުޅުނު ގިނަ މެޗުތަކާ ގުޅޭގޮތުން ގުންޑޮގާން ބުނީ، ބައިނަލްއަޤްވާމީ ފެންވަރުގައި 82 މެޗުގައި ގައުމު ތަމްސީލުކުރުމުގެ ފުރުޞަތު ލިބުމާމެދު ޝުކުރުވެރިވެ، ފަޚުރުވެރިވާ ކަމަށެވެ. އަދި އެއީ ކުރިން ހުވަފެނުންވެސް ދެކެފައިނުވާ ކަމެއްގެ ގޮތުގައި ގުންޑޮގާން ސިފަކޮށްފައިވެއެވެ.

ޖަރުމަނުގައި ބޭއްވުނު އެންމެ ފަހުގެ ޔޫރޯގައި އޭނާ ވަނީ އެ ޓީމުގެ ހުރިހާ މެޗެއްގައި ބައިވެރިވެފައެވެ. އެ މުބާރާތުގައި ޓީމުގެ ކެޕްޓަންކަން ކުރި ގުންޑޮގާން އެންމެ ފަހުން ކުޅުނު ބައިނަލްއަޤްވާމީ މެޗަކީ ޗެމްޕިއަންކަން ހޯދި ސްޕެއިނާ ދެކޮޅަށް ކުޅުނު ކުއާޓަރ ފައިނަލް މެޗެވެ.

"އަހަރެންގެ އެންމެ ފާހަގަކޮށްލެވޭ ތަޖުރިބާއަކީ އަމިއްލަ ގައުމުގައި ބޭއްވުނު ޔޫރަޕިއަން ޗެމްޕިއަންޝިޕްގައި ޖަރުމަނު ޓީމުގެ ކެޕްޓަނެއްގެ ގޮތުގައި ކުޅުމުގެ ޝަރަފު ލިބުން،" ގުންޑޮގާން ބުންޏެވެ.

ގުންޑޮގާން އިތުރަށް ބުނީ، މުބާރާތުގެ ކުރީން ވެސް އޭނާ އަށް ހުރިހާ ގޮތަކުން ވަރުބަލިކަން އިހުސާސްކުރެވުނު ކަމަށާއި، އެހާ ހިސާބުން ވެސް ކުޅުން ހުއްޓާލުމާ މެދު ވިސްނަންފެށި ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ކްލަބު ފުޓްބޯޅައިގައި އާއި ގައުމީ ޓީމަށް ކުޅެންޖެހޭ މެޗުތަކުގެ އަދަދު މަދުވާނެކަމަށް ނުބެލެވޭ ކަމަށް ވެސް ގުންޑޮގާން ފާހަގަކުރިއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

20 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

1 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy