ބިދޭސީންނާ ގުޅޭ ފީތައް ބޮޑުކުރުމުގެ ވިސްނުމެއް ނެތްކަމަށް ދާޚިލީ ވަޒީރު ވިދާޅުވެއްޖެ

މިއަދު ކުރިއަށް ގެންދެވުނު ބައްދަލުވުމުގެ ތެރެއިން

ރާއްޖެއަށް ބިދޭސީން ގެނެސް، އެމީހުންނަށް ވަޒީފާދޭ ފަރާތްތަކުން ދިވެހި ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފީއެއް ބޮޑުކުރުމުގެ ވިސްނުން ސަރުކާރުން ނުގެންގުޅުއްވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރާއްޖޭގައި ބިދޭސީންނަށް ވަޒީފާދޭ ފަރާތްތަކާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާއިން ވަނީ ވަޒީފާ އަދާކުރާ ބިދޭސީންނާ ގުޅިގެން ދައުލަތަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާގެ ޢަދަދު އެއްލައްކަ ރުފިޔާއަށްވުރެ މައްޗަށް އަރާފައިވާ ކުންފުނިތަކާއި މީހުންގެ ނަންތައް ޢާންމުކޮށްފައެވެ. އަދި މި ފީތައް ދެއްކުމަށް މި މަހުގެ ނިޔަލަށް މުހުލަތެއް ދީފައިވެއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ބައެއް ކުންފުނިތަކުން ބޮޑެތި ޢަދަދުތަކުން ފީ ދައްކަން ޖެހޭކަން ފާހަގަކުރައްވާ، އެފަދަ ފަރާތްތަކުން އެއްބަސްވާނަމަ 12 މަސް ދުވަހަށް ބަހާލައިގެން ފީ ދެއްކޭނެ އިންތިޒާމް ހަމަޖައްސައި ދެއްވާނެކަމަށެވެ. އަދި ބިދޭސީންނާގުޅޭ ފީތައް ބަލްކްކޮށް ދެއްކޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާ ކަމަށާއި، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް މި ފީތައް ދެއްކޭނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީފާއާބެހޭ ޤާނޫނަށް ގެނެވުނު އިސްލާޙާ ގުޅިގެން ވަރކް ޕާމިޓް އަދި ބިދޭސީންގެ ކޯޓާ ފީ ބޮޑުކުރުމުގެ އިޚްތިޔާރު ކަމާބެހޭ އިދާރާއަށް ލިބުނު ނަމަވެސް، މި ފީތައް ބޮޑުކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅުއްވާކަން ވަޒީރުގެ ވާހަކަފުޅުން ހާމަވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

18 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

1 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy