ސްކޭމްތަކާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި ބިލު މަޖިލީހުން ބަލައިގަނެފި

ސްކޭމްތަކާއި ދެކޮޅު ބިލް މަޖިލިހަށް ހުށަހެޅުން / ފޮޓޯ:މަޖިލިސް

ސްކޭމްތަކާ ދެކޮޅަށް އިދިކޮޅު އެމްޑީޕީން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގަނެ، އެ ބިލު ކޮމިޓީއަށް ފޮނުވައިފިއެވެ.

މި ބިލަކީ މަކަރާއި ހީލަތުގެ މައްސަލަތަކުގައި ފައިސާގެ ދައުރުކުރުން ހުއްޓުވުމަށް ބޭންކް އެކައުންޓުތައް ކޯޓު އަމުރެއް ނެތި ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ދިނުމަށް އެމްޑީޕީގެ ފަރާތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހަޅުއްވާފައިވާ ބިލެކެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 73 ވަނަ މާއްދާއަށް ހުށަހެޅި މި އިސްލާހު ބަލައިގަންނަން ފާސްކުރީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެން ވޯޓު ދެއްވި 72 މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

މި ބިލުގެ ދަށުން، ސަބް އިންސްޕެކްޓާ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީ އޮފިސަރަކަށް އެކައުންޓުގައިވާ ފައިސާ ނުވަތަ ފައިސާ ޓްރާންސްފާ ކޮށްފައިވާ އެހެން އެކައުންޓުތަކުގެ ފައިސާ ހިފެހެއްޓުމަށް ނުވަތަ އެ ފައިސާއިން މުއާމަލާތް ކުރުން ހުއްޓުވުމުގެ އަމުރެއް ނެރެވިދާނެއެވެ. އަދި މިފަދަ އަމުރެއް ލަސްނުކޮށް އެ އެކައުންޓު ހުޅުވާފައިވާ ބޭންކު ނުވަތަ އިދާރާއަށާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އަށް އަންގަންވާނެއެވެ.

މި އިސްލާހުތަކަށް އަމަލު ކުރަން ފަށާނީ ބިލު ގާނޫނަކަށްވެ، ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރާ ދުވަހުން ފެށިގެންނެވެ.

އެހެންނަމަވެސް، މި ބިލަށް ވާހަކަ ދެއްކެވި ޕީއެންސީގެ ގިނަ މެންބަރުން މިއަދު ވިދާޅުވެފައިވަނީ ބޭންކް އެކައުންޓުތައް ކޯޓު އަމުރެއް ނެތި ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ދިން ނަމަވެސް ބޭންކިންގެ ގަނޫނަށް ބަދަލު ނުގެނެސް ސްކޭމްތައް ނުހުއްޓުވޭނެ ކަމަށެވެ.

މި ބިލު ފާސްވެއްޖެނަމަ، ސްކޭމްތަކާއި މަކަރާއި ހީލަތުގެ މައްސަލަތައް ހުއްޓުވުމަށް ފުލުހުންނަށް އިތުރު ބާރުތަކެއް ލިބިގެންދާނެ ކަމަށް ބެލެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy