ފަލަސްތީނަށް އެހީވުމަށް ދިވެހިން ޖަމާކުރި 19.3 މިލިއަން ރުފިޔާ އަންރާއަށް ފޮނުވައިފި

ޕީއެސްއެމުން ހިންގި ޓެލެތޯނަށް ލިބުނު ފައިސާ ސަރުކާރާ ހަވާލުކުރަނީ / ފޮޓޯ:ޕީއެސްއެމް

ފަލަސްތީނު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށް ގެންދިޔަ 'ފަލަސްތީނާ އެކު ދިވެހިން' ޓެލެތޯންއިން ޖަމާކުރެވުނު 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ، ހާލުގައި ޖެހިފައިވާ ފަލަސްތީނު މީހުންނަށް އެހީވާ އދ.ގެ ޖަމާއަތް ކަމަށްވާ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް (އަންރާއަށް) ފޮނުވައިފިއެވެ.

ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމަކަށް މިދިޔަ ޖޫން 12 ވަނަ ދުވަހު ޕީއެސްއެމުން ކުރިއަށް ގެންދިޔަ މި ޓެލެތޯނަށް ކުންފުނިތަކާއި ސަރުކާރުގެ އެކި އިދާރާތަކުން ބޮޑެތި އަދަދުތަކުން ފައިސާގެ އެހީ ދިންއިރު، އާންމުންގެ ގިނަ ބަޔަކު ވެސް ފައިސާ ހަދިޔާ ކުރިއެވެ.

ފޮރިން މިނިސްޓްރީން މަޢުލޫމާތު ދެއްވިގޮތުގައި، މި ފައިސާ އދ.ގެ ޖަމާއަތަށް ވަނީ ފޮނުވާފައެވެ. ރާއްޖޭގެ މަރުކަޒީ ބޭންކު، އެމްއެމްއޭ މެދުވެރިކޮށް ފިނޭންސް މިނިސްޓްރީން އެ ފައިސާ އަންރާއަށް ފޮނުވާފައިވާއިރު އަންރާގެ އެކައުންޓަށް 19.3 މިލިއަން ރުފިޔާއަށްވާ ޑޮލަރު އަންރާގެ އެކައުންޓަށް ޖަމާކޮށްފައިވެއެވ

ޕީއެސްއެމްއިން މި ފައިސާ ސަރުކާރާ ހަވާލުކޮށްފައިވަނީ މިދިޔަ މަހުއެވެ. ދެފުށް ފެންނަ ގޮތަށް މި ހަރަކާތް ކުރިއަށް ގެންދިއުމަށް، ޓެލެތޯން އޮޑިޓްކޮށްފައިވަނީ މިނިވަން އޮޑިޓް ފާމެއްކަމަށްވާ ކްރޯ މޯލްޑިވްސްއިންނެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

11 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy