ބުޅާމަސްބޭނުންކޮށްގެން ކާތަކެތި އުފައްދާކަމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު މީހާ
މާލޭގެ އެކި ސަރަހައްދުތަކުން ބުޅާ ހިފައިގެން ގޮސް އޭގެ މަހުން ކާބޯތަކެތި އުފައްދައި ވިއްކާ ކަމަށް ތުހުމަތު ކުރެވޭ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހަކު މިއަދު ހެނދުނު ހައްޔަރުކޮށް، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު މިއަދު ވިދާޅުވި ގޮތުގައި، އިއްޔެ އިމިގްރޭޝަނުން ހޯދަން އިއުލާންކުރި 32 އަހަރުގެ ހުސެއިން އަރަފާތު މިހާރުވަނީ ހައްޔަރުކޮށް، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ.
ނަމަވެސް އޭނާ ހައްޔަރުކުރެވުނު ތަނެއް ކޮންޓްރޯލާ ހާމައެއް ނުކުރެއްވިއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އަރަފާތު ހައްޔަރުކުރެވުނީ މިއަދު ހެނދުނު 10:30 އެހާކަންހާއިރު މާލެއިން ކަމަށެވެ. އަދި މި މައްސަލައިގެ ތަހުގީގު ފުލުހުން މިހާރު ވަނީ ފަށައިފާކަމަށެވެ.
އިމިގްރޭޝަނުން ބުނެފައިވާ ގޮތުގައި އަރަފާތު ރާއްޖޭގައި އުޅެނީ ގަވާއިދާ ޚިލާފަށެވެ. އަދި ސޯޝަލް މީޑިއާގައި މީހުން ބުނަމުންދަނީ އޭނާއަކީ ދިރިއުޅޭ ގޭގައި ބާގާ ފަދަ ކާތަކެތި ހަދައި ފިހާރަތަކަށް ވިއްކައިގެން އާމްދަނީ ހޯދާ މީހެއް ކަމަށެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް