ސަން ސިޔާމް ރިސޯޓްސްގެ ވެރިޔާ އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު
ބ. ކަމަދޫގެ ހުރިހާ ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ކުރެވޭނެ ގޮތް ސަން ސިޔާމް ރިސޯޓްސްގެ ވެރިޔާ އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ އެހީގައި ހަމަޖައްސައިދީފިއެވެ.
މި ކަން އިއުލާނުކޮށް ކަމަދޫ ކައުންސިލުން މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ވަނީ އިއުލާނެއް ނެރެފައެވެ. އެ އިއުލާނުގައި ބުނެފައިވާ ގޮތުން ސަން ސިޔާމް ކެއާގެ ދަށުން ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމަށް މާލީ އެހީތެރިކަން ބޭނުންވާ މީހުންނަށް ކަނޑައެޅޭ އުސޫލެއްގެ ދަށުން އެ އެހީތެރިކަން ދޭން ވަނީ ސިޔާމް ނިންމަވާފައެވެ.
މި އެހީގެ ދަށުން އެހީތެރިކަން ބޭނުންވާ މީހުންނަށް އެކަމަށް ޚާއްސަ ފޯމެއް ކައުންސިލުން ލިބެން ހުންނާނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.
މި ކަމާ ގުޅޭގޮތުން ކަމަދޫ ކައުންސިލުން ވިދާޅުވެފައި ވަނީ އެ ރަށު ރައްޔިތުންނަށް ސިއްހީ ފަރުވާ ހޯދުމަށް ބޭނުންވާ އެހީތެރިކަން ސަން ސިޔާމް ކުންފުނިން ހަމަޖައްސައިދިނީ އެކަމާ ގުޅޭގޮތުން ކައުންސިލާއެކު މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށް ފަހު ކަމަށެވެ.
މި ޕްރޮގްރާމްގެ ދަށުން އެހީ ލިބޭނެ މިންވަރާއި ހާލަތްތައް ކަނޑައަޅާނީ ސަން ސިޔާމް ކުންފުނިން ބަލަންޖެހޭ ކަންކަމަށް ބެލުމަށް ފަހު ކަމަށާއި، އަދި އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް އެހީތެރިކަން ހޯދައިދޭން ކައުންސިލުން މަސައްކަތް ކުރާނެ ކަމަށް ވެސް ކައުންސިލުން ބުނެފައިވެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް