އޮފީސްތަކުގެ ވޮލީބޯޅަ މުބާރާތުގެ ތަށި އެޗްޑީސީން ދިފާއުކޮށްފި

އޮފީސް/ކޮމްޕެނީ ވޮލީބޯޅަ މުބާރާތުގެ ތަށި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ތަށި އުފުލާލަނީ

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިޒާމުގައި ބޭއްވުނު އޮފީސް/ކޮމްޕެނީ ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދަމަހައްޓައިފިއެވެ. ފައިނަލްގައި އެޗްޑީސީން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާ ކުރިމަތިލައި، ވަރުގަދަ މުބާރާތެއްގެ ނިމުމުގައި 3-2 އިން ކާމިޔާބު ހޯދިއެވެ.

މި މުބާރާތް އެންމެ ފަހުން ބޭއްވުނީ ހަތަރު އަހަރުކުރިންނެވެ. އޭރުވެސް އެޗްޑީސީން ވަނީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ބަލިކޮށް ޗެމްޕިއަންކަން ހޯދާފައެވެ.

ހުޅުމާލޭ ޕާކު ވޮލީކޯޓުގައި ކުޅުނު ފައިނަލް މެޗުގެ ސެޓުތައް ނިމުނީ މިގޮތަށެވެ:
- ފުރަތަމަ ސެޓު: އެޗްޑީސީ 25-16 އެމްއެންޑީއެފް
- ދެވަނަ ސެޓު: އެމްއެންޑީއެފް 25-18 އެޗްޑީސީ
- ތިންވަނަ ސެޓު: އެޗްޑީސީ 27-25 އެމްއެންޑީއެފް
- ހަތަރުވަނަ ސެޓު: އެމްއެންޑީއެފް 29-27 އެޗްޑީސީ
- ފަސްވަނަ ސެޓު: އެޗްޑީސީ 15-10 އެމްއެންޑީއެފް

ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ އެޗްޑީސީގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އެވެ.

މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނުނު ކުޅުންތެރިންނަކީ:
- ބެސްޓް އައުޓްސައިޑް އެޓޭކަރުން: އެޗްޑީސީގެ ކުޑަކާއްޓެ އަދި ވެމްކޯގެ އަލީ ހުޒާމް (ހުޒަންޓެ)
- ސެޓަރު: އެޗްޑީސީގެ އަލީ ނިމާލް
- މިޑްލް ބްލޮކަރުން: އެމްއެންޑީއެފްގެ ހުސެއިން ޔޫސުފް އަދި އެޗްޑީސީގެ މުހައްމަދު އަހުސަން
- އޮޕޮސިޓް ކުޅުންތެރިޔާ: އެމްއެންޑީއެފްގެ ހުސައިން ރަޒާން
- ލިބަރޯ: ޕޮލްކޯގެ މުހައްމަދު ނައީމް

މުބާރާއެންމެ މޮޅު ކޯޗަކީ، އެޗްޑީސީގެ ކޯޗު، ހުސެއިން ޝަރީފް (ނަލަ ހުސެން) އެވެ. މިފަހަރުގެ އޮފީސް މުބާރާތަށް ވެސް ގިނަ ޓީމުތަކެއްގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

47 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy