މަންކީ ޕޮކްސް މުޅި ދުނިޔޭގެ ސަމާލުކަން މިވަގުތު ހުއްޓިފައިވާ ބައްޔެއް
މަކުނުވިދުރި ބަލި ފެތުރޭ ޤައުމުތަކުން އަންނަ ފަސިންޖަރުން އެއަރޕޯޓުގައި ސްކްރީން ކުރުމުގެ ތައްޔާރީތައް މިހާރު ދަނީ ކުރަމުންކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭގެ ފަރާތުން މިކަން ހާމަކޮށްފައިވަނީ ދުނިޔޭގެ އެކި ގައުމުތަކުގައި މިހާރު ފެތުރެމުން އަންނަ މަކުނުވިދުރިއާ ގުޅޭ ގޮތުން ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި ރޭ ވާހަކަ ދައްކަވަމުންނެވެ.
އެޗްޕީއޭގެ ޕަބްލިކް ހެލްތު ޑިރެކްޓަރު ސަނާ ސަލީމް ވިދާޅުވި ގޮތުގައި، މަކުނުވިދުރި ފެތުރޭ ޤައުމަކަށް ދަތުރުކޮށްފައިވޭތޯ ބެލުމަށް އިމިގްރޭޝަން ފޯމުގައި ސުވާލު ހިމެނުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އަދި މި ބަލި ފެތުރޭ ޤައުމަކުން ނުވަތަ ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހަކު ރާއްޖެއަށް އެތެރެވާ ހާލަތެއްގައި އެއަރޕޯޓުގައި ސްކްރީނިންގ ހެދޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދެއެވެ.
ހެލްތު މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ޑރ. އަޙްމަދު އަޝްރަފް ވިދާޅުވި ގޮތުގައި، މި ބަލީގެ ކޭހެއް ފެނިއްޖެނަމަ އެކަން ބެލުމަށް ނިޒާމެއް ތައްޔާރުކުރަމުންދާއިރު، ހެލްތު އެމަޖެންސީ ކޮމިޓީއާއި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް ވެސް މިހާރުވަނީ އެކުލަވާލެވިފައެވެ. އަދި ހޮސްޕިޓަލްތަކުގައި ވެސް މިފަދަ ކޭސްތައް އައިސޮލޭޓް ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވެއެވެ.
މި ބައްޔަށް ޚާއްޞަ ފަރުވާއެއް ހޯދިފައި ނެތް ނަމަވެސް، ބަލި ޖެހިފައިވާ މީހާގެ ކިބައިން ފެންނަ އަލާމާތްތަކަށް ފަރުވާ ފޯރުކޮށްދެވޭނެ ކަމަށް ވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.
އެފްރިކާގެ ބައެއް ޤައުމުތަކުން ފެނުނު މިބަލި ޖެހިފައިވާ ބައެއް މީހުން ދުނިޔޭގެ އެކި ޤައުމުތަކުން މިހާރު ފެންނަމުންދާކަން ފާހަގަކުރެވެއެވެ. މި ބަލީގެ ސަބަބުން ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން ވަނީ މުޅި ދުނިޔެއަށް ސިއްހީ ކުއްލި ހާލަތު އިއުލާނުކޮށްފައެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް