ދިރާސާކުރުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރުމަށް މަސައްކަތްކުރާނަން: ރައީސް

7ވަނަ "ތެވެލި" ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމުހޫރިއްޔާ ވާހަކަފުޅުދައްކަވަނީ، ފޮޓޯ: ރައީސް އޮފީސް

ތަރައްޤީގެ ބިންގަލެއްގެ ގޮތުގައި، ދިރާސާކުރުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރުމަށް މަސައްކަތް ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ "ތެވެލި ބައިނަލްއަޤްވާމީ މަހާސިންތާ 2024" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ސަރުކާރުން ނިންމާ ކޮންމެ ޕޮލިސީ ނިންމުމަކީ ހެކީގެ މައްޗަށް ބިނާވެފައިވާ ނިންމުންތަކެއް ކަމަށާއި އަދި ހަމަ އެހެންމެ ޕްރޮފެޝަނަލް ނިންމުންތަކެއްކަން ފާހަގަކުރެއްވިއެވެ. އަދި މިކަމުގައި ތަޢުލީމީ ފަރާތްތަކާއި ދިރާސާކުރާ ފަރާތްތަކާއި ޕޮލިސީ ނިންމުންތައް ނިންމާ ފަރާތްތަކާއި ޕްރައިވެޓް ސެކްޓަރާއި އަދި ޢާންމު ފަރާތްތަކުންވެސް އެކުގައި ގުޅިގެން މިމަގަށް މަސައްކަތް ކޮށްދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ދިރާސާގެ އަލީގައި މަސައްކަތްތައް ބައްޓަންކުރެވިއްޖެނަމަ، އިޤްތިޞާދީގޮތުން ފުދުންތެރި ޤައުމަކަށް ދިއުމަށް ރާއްޖެއިން ކުރާ މަސައްކަތަށް ބޮޑެތި ޙައްލުތަކެއް ހޯދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގިނަ ދާއިރާތަކުގެ ދިރާސާތައް ކުރުމަކީ ޤައުމުގެ ތަރައްޤީއަށް ވަރަށް މުހިންމުކަމެއް ކަމަށެވެ. "މިފަދަ ދިރާސާތަކުން އައު އީޖާދުތައް ކުރުމަށާއި މުޖުތަމަޢުގެ ބޮޑެތި މައްސަލަތަކަށް ހައްލު ހޯދުމަށް މަގުފަހިވެގެންދޭ. ވަށައިޖެހޭ ފަދަ ނަޒަރަކުން ބަލައިގެން ކުރެވޭ މަސައްކަތްތަކަކީ އަޅުގަނޑުމެންގެ ކުރިއެރުމަށް ހުރަސްއަޅާ ކަންކަން ހައްލުކުރުމަށް ކޮންމެހެން ބޭނުންވާ ކަމެއް. ތަރައްޤީވަމުންދާ އަޅުގަނޑުމެންފަދަ ކުދި ޖަޒީރާ ޤައުމަކަށް، އަޅުގަނޑުމެންގެ ދިރާސާކުރުމުގެ ނިޒާމުތައް ކުރިއެރުވުމަކީ ވަރަށް މުހިންމު ކަމެއް. މިގޮތުން އަޅުގަނޑުމެންގެ ތަރައްޤީގެ ނަމޫނާތައް އަޅުގަނޑުމެންގެ މުޖުތަމަޢަށާއި، އަޅުގަނޑުމެންގެ އަގުތަކަށާއި، މުސްތަޤުބަލަށް އަޅުގަނޑުމެން ކުރާ އުންމީދުތަކަށް ފެތޭގޮތަށް ބައްޓަންކުރެވިގެންދާނެ. ރައީސުލްޖުމުހޫރިއްޔާ ވިދާޅުވިއެވެ.

ރައިސުލްޖުމުހޫރިއްޔާ ވިދާޅުވީ، ހަރުދަނާ ދިރާސާކުރުމުގެ ނިޒާމެއް ޤާއިމުކުރުމަކީ ހަމައެކަނި ސަރުކާރުގެ މަސައްކަތެއް ނޫންކަމަށެވެ. މިއީ ތަޢުލީމީ މުއައްސަސާތަކާއި، އަމިއްލަ ވިޔަފާރިތަކާއި، އަދި ބައިނަލްއަޤްވާމީ ބައިވެރިންނާއެކު ހުރިހާ ފަރާތްތަކެއްގެ ޢަމަލީ ބައިވެރިވުން ބޭނުންވާކަމެއް ކަމަށެވެ. ދިރާސާކުރުމަށް ކުރާ އިންވެސްޓްމަންޓް އިތުރުކުރަމުންދާއިރު، ދުނިޔޭގެ ފެންވަރުގެ ތަޖުރިބާއާއި ވަސީލަތްތައް ބޭނުންކުރެވޭނެ ގޮތަށް، އެފަރާތްތަކާ ގުޅިގެން މަސައްކަތްކުރުމަށް ރައީސުލްޖުމުހޫރިއްޔާ އެދިލެއްވިއެވެ. މިގޮތުން ދިވެހިރާއްޖޭގައި ކުރެވޭ ދިރާސާތަކަކީ އެންމެ މަތީ ބައިނަލްއަޤްވާމީ ފެންވަރުގެ ދިރާސާތަކަކަށް ހެދުމަށް މަސައްކަތްކުރުމަށާއި، ކުރިމަގުގެ ގޮންޖެހުންތަކަށްވެސް ރިޢާޔަތްކޮށް ދިރާސާކުރުމުގެ ވަސީލަތްތައް ބިނާކުރުމުގައި ޢަމަލީގޮތުން ބައިވެރިވުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެފަދަ ކުޑަ ޤައުމަކަށް، ވަރަށް ގިނަ ގޮންޖެހުންތައް އެބަހުރިކަމަށެވެ. އެގޮތުން ތިމާވެށީގެ މައްސަލަތަކާއި އާއްމު ޞިއްޙަތު ކުރިއެރުވުމާއި، ޒަމާނީ ޓެކްނޮލޮޖީގެ ނިޒާމަކަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގައި ވަރަށް ގިނަ ހިރާސްތައް ހުރިކަމަށެވެ. މިއީ މުޅި ދުނިޔޭގައިވެސް މިއަދު ގޮންޖެހުން ބޮޑު ދާއިރާތައްކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިކަންކަމަށް ހައްލު ގެނެވެން އޮތް އެންމެ މުހިންމު ގޮތަކީ މައްސަލަތައް ދިރާސާކޮށް އެކަންކަން ހައްލުކުރުމަށް ހުރި ފިޔަވަޅުތައް ދެނެގަތުންކަމަށެވެ.

ދިރާސާކުރުމާއި އިޖާދީ ވިސްނުންތަކަށް އިސްކަންދެއްވުމުގެ ގޮތުން ދިރާސާއަށް ޚާއްސަކޮށްގެން ޚާއްސަ ގްރާންޓެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.

"ކުރިއަށް އޮތް މަސްތަކުގައި، ދަނޑުވެރިކަމާއި މަސްވެރިކަން، މޫސުމަށް އަހުލުވެރިވުން، އާންމު ޞިއްޙަތު، އަދި ދެމެހެއްޓެނިވި ފަތުރުވެރިކަން ފަދަ މުހިންމު ދާއިރާތަކަށް އަމާޒުކޮށްގެން ގިނަ މަޝްރޫޢުތަކެއް ފެށިގެންދާނެ. މިހުރިހާ ކަމަކީވެސް އަޅުގަނޑުމެންގެ ޤައުމީ ދުޅަހެޔޮކަމަށް ކޮންމެހެން ބޭނުންވާ ކަންކަން. މި މަޝްރޫޢުތައް އިތުރަށް ހަރުދަނާވެގެންދާނީ ދިރާސާތަކުގެ މައްޗަށް ބިނާކޮށް ކުރިއަށް ދިއުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތްތަކެއްކެ މައްޗަށް." ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ،މުސްތަޤްބަލަށް ބަލާއިރު، ދިރާސާކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ކުރަމުންދާ މަސައްކަތްތައް އިތުރަށް ފުޅާކޮށް އެކަމަށް އެހީތެރިވުމަކީ ކޮންމެހެން ކުރަންޖެހޭކަމެއް ކަމަށެވެ. މިގޮތުން، ދިވެހިރާއްޖެއަކީ ހަމައެކަނި މި ސަރަޙައްދުގައި ނޫން، މުޅި ދުނިޔޭގެ ފެންވަރުގައިވެސް ދިރާސާތަކާއި އައު އީޖާދުތަކުގެ ކުރީ ސަފުގައި ހިމެނޭ ޤައުމަކަށް ހެދުމަށް މަސައްކަތްކުރަންޖެހޭކަމަށެވެ. އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތްކޮށްފިނަމަ، ދިވެހިރާއްޖެއަކީ ޚިޔާލުތައް ކުރިއަރުމުންދާ، މަޢުލޫމާތު ޙިއްޞާކުރެވޭ، އަދި ދުނިޔެއަށް ދިމާވެފައިވާ އެންމެ ބޮޑެތި ގޮންޖެހުންތަކަށް ޙައްލު ހޯދޭ، ދިރާސާތަކުގެ ރޮނގުން ފާހަގަކޮށްލެވޭ މަރުކަޒަކަށް ހެދިދާނެކަމަށެވެ. އަދި ރާއްޖެއަކީ ކުރިމަގުގައި ނޮލެޖް ހަބަކަށް ހެދިދާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ދިރާސާގެ މަސައްކަތްތައް ކުރިއެރުވުމުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ތަޢުލީމީ އިންސްޓިޓިއުޝަންތަކުން ކުރައްވަމުންދާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.

           

ކޮމެންޓް

team

ރައީސް ދެއްވަނީ ޖާގައާ ވަސީލަތުގެ ގޮތުން އެމްއެންޔޫއަށް ކުރިއެރުން ހޯދަދޭނެ ކަމުގެ ޔަގީންކަން

21 މިނިޓު ކުރިން
team

ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ސީޕީ، ފުލުހުންގެ ކިބައިން އެދެފި

8 ގަޑިއިރު ކުރިން
team

ހޫނު ގަދަކަމުން ކަރަންޓު އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި

11 ގަޑިއިރު ކުރިން
team

ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ނާޒިމް

12 ގަޑިއިރު ކުރިން
team

މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ: ރައީސް

13 ގަޑިއިރު ކުރިން
team

މޫމިން ފުއާދުގެ އާ ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ ގޮތް ހަދައިފި

1 ދުވަސް ކުރިން
team

ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް

1 ދުވަސް ކުރިން
team

ހަރަމްފުޅުގެ އިމާމު، ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު

1 ދުވަސް ކުރިން
team

ޖަމީލަށް ސައީދުގެ ރައްދެއް: ޕާޓީ ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ކުރަނީ ފުރައްސާރަ

1 ދުވަސް ކުރިން
team

ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދެނީ

1 ދުވަސް ކުރިން
team

ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި

1 ދުވަސް ކުރިން
team

ޒަރީރު އޮޅުންފިލުވައިދިނީ ތާރީޙު: ބަލްފޯ ޑިކްލަރޭޝަނަކީ މައްސަލައިގެ ފެށުން!

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy