ފްލެޓް ގަތީ ފަސް އަހަރު ކުރިން ލޯނެއް ނަގައިގެން: ހަލީލް

ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރައްވައި ސުވާލުކުރައްވަނީ.

ޞިއްޙީ ދާއިރާގެ ވަޒީރު އަބްދުﷲ ހަލީލް ވިދާޅުވެފައިވާ ގޮތުގައި، މީގެ ފަސް އަހަރު ކުރިން ލޯނެއް ނަންގަވައިގެން ހުޅުމާލެއިން ފްލެޓެއް ގަތުމަށް މަސައްކަތް ކުރެއްވިއެވެ. އެގޮތުން، ހުޅުމާލޭގެ އެފްޑަބްލިއު ރެސިޑެންސްގެ 3.1 މިލިއަން ރުފިޔާގެ ފްލެޓެއް ގަތުމަށް އެއްބަސްވެވަޑައިގަތެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ސިވިލް ކޯޓަށް ހުށަހެޅުމާ ގުޅިގެން، މި މަހުގެ 7 ވަނަ ދުވަހު ކުރެވުނު ޙުކުމުގައި ބަޔާންކޮށްފައިވަނީ، 1،235 އަކަފޫޓުގެ އެ ފްލެޓުގެ އަގު ހަލީލް ދައްކަވާފައިވާތީ، އެ ފްލެޓު އެމަނިކުފާނަށް މިލްކުވެފައިވާ ކަމަށެވެ.

މި ޚަބަރު މީޑިއާތަކުގައި ޝާއިޢުވުމާ ގުޅިގެން، ހަލީލް އިޖުތިމާޢީ މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ފްލެޓު ގަތުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ 2018 ވަނަ އަހަރުގެ އޮގަސްޓު މަހުގައި ކަމަށާއި، ފްލެޓު ގަތުމަށް އިތުރު ފައިނޭންސް ހޯއްދެވީ ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ފެސިލިޓީއަކުން ކަމަށެވެ. އަދި އެ ފްލެޓަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން މިހާތަނަށް 1.4 މިލިއަން ރުފިޔާ ނުދައްކާ ބާކީ އޮތް ކަމަށްވެސް އެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ.

ހަލީލަކީ ކުރީގައި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. މިހާރުގެ ސަރުކާރުގެ ވަޒީރެއްގެ މަޤާމަށް ޢައްޔަންކުރެއްވުމުގެ ކުރިން، އަމިއްލަ ވިޔަފާރީގައި ޙަރަކާތްތެރިވެ ވަޑައިގަންނަވަމުން ގެންދެވި ބޭފުޅެކެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

17 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

1 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy