ރައީސްގެ ސިޓީފުޅު ސައުދީގެ ފޮރިން މިނިސްޓަރާއި ހަވާލުކުރައްވައިފި

ރައީސްގެ ސިޓީފުޅު ހަވާލުކުރެއްވުން / ފޮޓޯ: ފޮރިން މިނިސްޓްރީ

ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު، ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރްހާން އަލްސައުދާ މިއަދު ބައްދަލުކުރައްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީފުޅެއް ހަވާލުކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާއި، އިގްތިސާދީ އަދި ބައިނަލްއަގްވާމީ މަސްރަހުގައި ގުޅުން ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

ރައީސް މުއިއްޒު ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާންއަށް ފޮނުއްވާ ހާއްސަ ސިޓީއެއް ރައްދުކުރުމަށް ޒަމީރު އެ ގައުމަށް ވަޑައިގެންނެވީ އިއްޔެއެވެ. މިއީ ސައުދީ ފޮރިން މިނިސްޓަރުގެ ހާއްސަ ދައުވަތަކަށް ކުރައްވާ ފަސް ދުވަހުގެ ރަސްމީ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ޒަމީރު ސައުދީ ސަރުކާރާއި ސައުދީ ފަންޑު ފޯ ޑިވެލޮޕްމެންޓްގެ އިސް ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރިޔާދުގައި ދިރިއުޅޭ ދިވެހިންނާވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމާއި ގުޅުން އިތުރަށް ބަދަހިވެ، އިގްތިސާދީ އަދި އެހެނިހެން ދާއިރާތަކުން އެއްބާރުލުން އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

18 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

1 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy