ކުރީގެ ރައީސް ޔާމީން
ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރެވޭ ދައުވާގެ ޝަރީއަތް މާދަމާ ބޭއްވުމަށް ހަމަޖެހިފައިވަނިކޮށް، މިއަދު އެ އަޑުއެހުން ކެންސަލްކޮށްފިއެވެ.
ކްރިމިނަލް ކޯޓުން މިރޭ މައުލޫމާތު ދިންގޮތުގައި، މާދަމާގެ އަޑުއެހުމަށް ދައުލަތުގެ ހެކިންނަށް ހާޒިރުނުވެވޭތީ، ދައުލަތުން އެދުމުން މި އަޑުއެހުން ވަނީ ފަސްކޮށްފައެވެ.
މި މައްސަލައިގައި ޔާމީންގެ މައްޗަށް ތުހުމަތުކުރެވެނީ ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން އެއް މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ބަލައިގަނެ، އެ ފައިސާ ލޯންޑަރކުރި ކަމަށެވެ. މި ޝަރީއަތުގެ އަޑުއެހުމެއް ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު މާދަމާ ބޭއްވުމަށް ކުރިން އޮތީ އިއުލާންކޮށްފައެވެ.
ފުއްގިރި މައްސަލައިގައި ޔާމީންގެ އިތުރުން ސަން ކޮންސްޓްރަކްޝަން ކުންފުންޏާއި ސަން އިންޖިނިއަރިން ކުންފުނީގެ މައްޗަށްވެސް ދައުލަތުން ދައުވާ އުފުލާފައިވެއެވެ.
މާދަމައަށް ތާވަލުކުރި އަޑުއެހުން ކެންސަލުކުރި ނަމަވެސް ވ. އާރަށް މައްސަލައިގައި ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާގެ ޝަރީއަތް އަންނަ ބުދަ ދުވަހު ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ.
މި މައްސަލައިގައި ޔާމީނާއި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ކުރިން 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވީ ނަމަވެސް، ހައިކޯޓުން ވަނީ އެ ހުކުމް ބާތިލުކޮށް، މައްސަލަ އަލުން ބެލުމަށް އަމުރުކޮށްފައެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް