މިދިޔަ ހަފުތާގައި ކުރި ވިއްސާރައިގައި ރާއްޖޭގެ ގިނަ ރަށްތަަކަކަށް ތަފާތު ގެއްލުންތައް ލިބުނު
މިދިޔަ ހަފުތާއިން ފެށިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި 13 ރަށެއްގެ 77 ގެއަކަށް ގެއްލުންވި ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފިއެވެ.
އެއިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ތަފާސް ހިސާބުތަކަކީ މިއަދުގެ މެންދުރު 2:00 އާ ހަމައަށް ލިބުނު އެސެސްމަންޓް ފޯމުތަކުގެ އަލީގައި ހާމަކޮށްފައިވާ މަޢުލޫމާތުތަކެކެވެ.
މި ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ ހއ. ބާރަށާއި ހއ. ދިއްދު އާއި ހދ. ކުޅުދުއްފުށްޓާއި ޅ. ނައިފަރާއި އެ އަތޮޅު ކުރެންދޫގެ އިތުރުން ގއ. ދެއްވަދު އާއި ސ. މަރަދު އާއި ސ. ފޭދޫ އަދި ސ. ހިތަދޫ ކަމަށްވެސް އެންޑީއެމްއޭ ހާމަކުރައްވައެވެ.
މާލޭގައި ފެންބޮޑުވުމުގެ ސަބަބުން އެސެސްމަންޓް ހަދަންޖެހޭ ކަމަށް ފާހަގަކުރެވުނު 41 ގެއެއްގެ ތެރެއިން 37 ގެއެއްގެ އެސެސްމަންޓް ހަދައި ނިމިފައިވާ ކަމަށް ވެސް އެ އޮތޯރިޓީން ބުނެފައިވެއެވެ.
މިހާތަނަށް އެންޑީއެމްއޭ އަށް ލިބުނު ރިޕޯޓުތަކަށް ބަލާއިރު، ހަތަރު ގެއަކުން ވަނީ އެސެސްމަންޓް ހަދަން ބޭނުން ނުވާ ކަމަށް އެ އިދާރާ އަށް އަންގައިފަ އެވެ. މާލެ އަށް ކުރި ވިއްސާރާގައި އިމާރާތްތަކަށާއި ހިފައި ގެންގުޅޭ ތަކެއްޗަށް 819،549 ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށް އެންޑީއެމްއޭ އިން ބުނެފައިވެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް