ކާށިދޫ މުދިމު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާޢިއެކު ހައްޔަރުކުރެވުނު މުދިމު / ފޮޓޯ:ޕޮލިސް

ކ. ކާށިދޫ މިސްކިތުގެ މުދިމް، 37 އަހަރުގެ ޣާނިމް ސަލީމް، މަސްތުވާތަކެއްޗާއެކު ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފިއެވެ.

ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، ޣާނިމް ހައްޔަރުކުރެވުނީ މަގުމަތީގައި ހިންގުނު ބަލައި ފާސްކުރުމެއްގައި އޭނާގެ އަތުން މަސްތުވާތަކެތި ފެނުމާ ގުޅިގެންނެވެ.

ޣާނިމަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އިމާމެއްގެ ގޮތުގައި ސިވިލް ސާވިސް ކޮމިޝަންގެ ދަށުން ވަޒީފާ އަދާކުރަމުންދިޔަ މީހެކެވެ. އޭނާގެ މައްޗަށް ކުރިން ވެސް ތުހުމަތުތަކެއް ކުރެވިފައިވެއެވެ. 2022 ވަނަ އަހަރުގެ ނޮވެމްބަރުގައި، ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން އޭނާ މަސްތުވާތަކެތި ބޭނުންކުރާ ކަމަށާއި، ނަމާދަށް ގަޑިއަށް ނާންނަ ކަމަށާއި، ނަމާދުގައި ކިޔާ ސޫރަތްތައް އޮޅުވާލާ ކަމަށް ބުނެ އިސްލާމިކް މިނިސްޓްރީއަށް ޕެޓިޝަނެއް ހުށަހެޅިއެވެ. މި ޝަކުވާއާ ގުޅިގެން އޭނާ ވަޒީފާއިން ވަކިކުރެވުނެވެ.

ނަމަވެސް، ޣާނިމް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުން، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނީ އިމުގެ ތެރެއިންކަން ސިވިލް ސާވިސް ކޮމިޝަނަށް ސާބިތުކޮށްދެވިފައި ނުވާކަމަށް ނިންމައި، އޭނާއަށް އަނބުރާ ވަޒީފާ ދީފައިވެއެވެ.  

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

23 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy