ނޫމަޑި މައްސަލައިގައި ރައީސް މުއިއްޒުއާއި ބައްދަލުކުރި ކަމަށް ބުނާ ބުނުން ޝުޖާއު ދޮގުކުރައްވައިފި

ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު

ނޫމަޑި މައްސަލަ ފެންމަތިވި ދުވަސްވަރު އޭރުގެ ހައުސިންގ މިނިސްޓަރު އަދި މިހާރުގެ ރައީސް މުޙައްމަދު މުއިއްޒުއާ ބައްދަލުކުރި ކަމަށް ކުރެވޭ ތުހުމަތުތައް މިހާރުގެ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު މިއަދު ދޮގުކުރައްވައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން ހިންގަވާ އިދިކޮޅު ޕާޓީ ޕީއެންއެފުން ރޭ ބޭއްވި ޖަލްސާގައި ނޫމަޑީގެ މައްސަލައާ ގުޅޭގޮތުން ވާހަކަދައްކަވަމުން ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަހީދު ވިދާޅުވެފައިވަނީ، ނޫމަޑީގެ ކަންތަކުގައި އެންމެ ފުރަތަމަ ރައީސް މުއިއްޒު ގުޅުއްވީ އޭނާއަށް ކަމަށާއި، އޭނާ މުއިއްޒުއާ ބައްދަލުކުރެއްވީ ޝުޖާއުއާ އެކު ކަމަށެވެ.

ނަމަވެސް މި ވާހަކަތައް ދޮގުކުރައްވައި ޝުޖާއު މިއަދު ވަނީ ބަޔާނެއް ނެރުއްވާފައެވެ. އެ ބަޔާނުގައި ޝުޖާއު ވިދާޅުވެފައިވަނީ ހައުސިންގ މިނިސްޓަރުކަމުގައި މުއިއްޒު ހުންނެވިއިރު ނޫމަޑި މައްސަލާގައި ރައީސް މުއިއްޒުއާ ބައްދަލުކުރެއްވުމަށް ހުސެއިން ވަހީދު އޭނާއާ އެކު ވަޑައިގެންނެވި ކަމަށް ރޭ ދެއްކެވި ވާހަކައަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ. އަދި އެއީ އެއްވެސް އަސާސެއް ނެތް ވާހަކައެއް ކަމަށް ޝުޖާއު ވިދާޅުވެފައިވެއެވެ.

ޝުޖާއު އިތުރަށް ވިދާޅުވެފައިވަނީ ނޫމަޑި މައްސަލައާ ގުޅޭ ގޮތުން އެއްވެސް މަޝްވަރާއެއް ކުރުމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން ވަހީދުއާ އެކު އެއްވެސް ފަރާތަކާ އެއްވެސް ހައިސިއްޔަތަކުން ބައްދަލުކޮށްފައި ނުވާނެ ކަމަށެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

16 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

1 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy