އަވަހަށް ސުލްޙައަށް އެއްބަސްވާން ބްލިންކަން ގޮވައިލައްވައިފި

އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން

ފަލަސްޠީނުގެ ޣައްޒާގައި އިސްރާއީލުގެ ސިފައިން ހިންގަމުންދާ އަނިޔާވެރި ޢުދުވާން ހުއްޓުވުމަށް، އެމެރިކާއިން ހުށަހަޅާފައިވާ މަގުޗާޓަކީ މިވަގުތު އޮތް އެންމެ އެކަށީގެންވާ ޙައްލު ކަމަށް ދެކެވެއެވެ. އެ ގޮތުން، އެ މަގުޗާޓުގެ ދަށުން ވީހާވެސް އަވަހަކަށް ސުލްޙައިގެ އެއްބަސްވުމަކަށް ވާސިލުވުމަށް އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ގޮވާލައްވާފައިވެއެވެ. މި ގޮވާލެއްވުން އައިސްފައިވަނީ، މެދުއިރުމަތީގެ ހަލަބޮލި ވެފައިވާ ސިޔާސީ މަޝްރަޙާއާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް އިސްރާއީލަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިންނެވެ.

ޣައްޒާގައި ވެރިކަންކުރާ ޙަމާސް އިސްލާމީ ޙަރަކާތާއި އިސްރާއީލާ ދެމެދު ކުރިއަށްދާ ސުލްޙައިގެ މަޝްވަރާތައް ވިލަރެސްކުރަމުން ގެންދަނީ މިޞްރާއި ޤަޠަރުގެ މެދުވެރިކަމާއެކު، އެމެރިކާގެ އެހީތެރިކަމާ އެކުގައެވެ. ޙަމާސްގެ ސީދާ ބައިވެރިވުމެއް ނެތި، ފާއިތުވި ހަފުތާގައި ޤަޠަރުގެ ވެރިރަށް ދޯހާގައި ބޭއްވުނު ބައްދަލުވުންތަކަކަށްފަހު، އިތުރު މަޝްވަރާތަކެއް މިޞްރުގެ ވެރިރަށް ޤާހިރާގައި ބޭއްވުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.

ފާއިތުވި ހަފުތާގައި އެމެރިކާއިން ވަނީ މި މަޝްވަރާތަކަށް އައު ހުށަހެޅުންތަކެއް ހުށަހަޅާފައެވެ. މި ހުށަހެޅުންތައް އަމާޒުކުރެވިފައިވަނީ، ދެފަރާތުން ކުރިން އެއްބަސްވެފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެއްބަސްވުން ތަންފީޛުކުރާނެ ޢަމަލީ މަގުތަކެއް ކަނޑައެޅުމަށް މަގުފަހިކުރުމަށް ކަމަށް އެމެރިކާއިން ބަޔާންކޮށްފައިވެއެވެ.

"ޣައްޒާގެ ހަނގުރާމަ ހުއްޓުވައި، ޙަމާސްގެ ބެލުމުގެ ދަށުގައިވާ އަސީރުން މިނިވަން ކުރުމަށް މިހާރު އޮތީ އެންމެ އެކަށީގެންވާ ފުރުސަތު ކަމަށް އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ އެންޓަނީ ބްލިންކަން ވިދާޅުވެއްޖެއެވެ. އިސްރާއީލުގެ ރައީސް އިޓްސްހާޤް ހެރްޒޮގާ ބައްދަލުކުރެއްވުމުގެ ކުރިން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ބްލިންކަން ވިދާޅުވީ، މި ފުރުސަތަކީ ދެމެހެއްޓެނިވި ސުލްޙައާއި ހަމަޖެހުން ޤާއިމުކުރުމަށް އޮތް އެންމެ ރަނގަޅު ދަނޑިވަޅު ކަމަށެވެ.

ރައީސް ޖޯ ބައިޑަންގެ އިރުޝާދުގެ ދަށުން އެ ސަރަޙައްދަށް ޒިޔާރަތްކުރެއްވި ކަމަށާއި، އެއްބަސްވުމަކާ ހަމައަށް ވާސިލުވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ބްލިންކަން ވިދާޅުވިއެވެ. އަދި މިއީ ހުރިހާ ފަރާތްތަކުން ވެސް ބަހަނާ ދެއްކުމުގެ ބަދަލުގައި އެއްބަސްވުމަކަށް އައުމުގެ ވަގުތު ކަމަށް އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ ފާހަގަކުރެއްވިއެވެ.

މަޝްވަރާތައް ވިލަރެސްކުރާ މިޞްރުގެ ފަރާތްތަކުން ބުނާ ގޮތުގައި، އެއްބަސްވުމަކަށް އައުމަށް އެންމެ ބޮޑު ހުރަހަކަށްވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އިދިކޮޅު ސިޔާސަތެވެ. ބައެއް ތަޙުލީލުވެރިން ދެކޭގޮތުގައި މި ސިޔާސަތުގެ ބޭނުމަކީ ސިޔާސީ މަޤްޞަދުތަކެއް ހާސިލުކުރުމެވެ.

ސަރަޙައްދީ ކަންކަން ދިރާސާކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި، އެމެރިކާގެ ރިޔާސީ އިންތިޚާބު އޮންނަ ނޮވެންބަރު 5 އާ ހަމައަށް ހަނގުރާމަ ދިގުދެމިގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. މީގެ ސަބަބެއް ކަމަށް ބެލެވެނީ، ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓު، ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކާމިޔާބު ކޮށްފިނަމަ، އިސްރާއީލަށް އެމެރިކާގެ އެހީތެރިކަން އިތުރުވެދާނެ ކަމަށް ބެލެވޭތީއެވެ."

މެދުއިރުމަތީގެ މަސްރަޙު މި ވަގުތު އޮތީ ހައްސާސް ކަމެއްގެ ތެރޭގައެވެ. ޣައްޒާ ޢުދުވާނާ ގުޅިގެން ހޫނުވެފައި އޮތް މަސްރަޙު އިތުރަށް ގޯސްވެފައި ވަނީ ޔަހޫދީންގެ އަމަލުތަކާ ގުޅިގެންނެވެ. ޖުލައި 31ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ އީރާނުގެ ވެރިރަށް ތަހްރާނަށް ނިރުބަވެރި ޙަމަލާއެއްދީ, ޙަމާސްގެ ސިޔާސީ ގޮފީގެ ވެރިރަށް އިސްމާޢީލް ހަނިއްޔާ ޝަހީދު ކޮށްލާފައެވެ. އެ ޙަމަލާގެ ޒިންމާ އުފުލަން ޔަހޫދީން ދެކޮޅު ހެދި ނަމަވެސް, އީރާނާއި އެކްސިސް އޮފް ރެސިސްޓެންސްގައި ހިމެނޭ މުޖާހިދުންނާއި ހަތިޔާރު އެޅި ޖަމާޢަތްތަކުން ވަނީ ބަދަލު ހިފުމުގެ ގޮތުން ޔަހޫދީންނަށް ނުރައްކާތެރި ޙަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

10 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy