ކެއްސާތީވެދޭ 'ކޮފްސީ ސިރަޕް' ރާއްޖޭގައި ބޭނުންކުރުން ވަގުތީގޮތުން މަނާކޮށްފި

ރާއްޖޭގައި ބޭނުންކުރުން ވަގުތީ ގޮތުން މަނާކުރެވުނު ސިރަޕް

ރާއްޖެއަށް އެތެރެކޮށް ބޭނުންކުރަމުން އައި ކެއްސާތީވެދޭ 'ކޮފްސީ ސިރަޕް' އިން މައްސަލަތަކެއް ފާހަގަވެގެން އެ ބޭސް ރާއްޖޭގައި ބޭނުންކުރުމާއި އެތެރެކުރުން ވަގުތީގޮތުން މަނާކޮށްފިއެވެ.

މި ނިންމުން ނިންމާފައިވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިންނެވެ.

އެމްއެފްޑީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ސިރަޕުގައި ކުނޑިކޮޅުތަކެއް ހުންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މި ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިތުރަށް ބެލުމުގެ މަސައްކަތް އެ އޮތޯރިޓީން ދަނީ ކުރަމުން ކަމަށާއި، ދިމާވެފައިވާ މައްސަލަ ބެލުމަށްފަހު ވަކި ގޮތެއް އަންގަންދެން މި ބޭސް ރާއްޖެ އެތެރެކުރުމާއި ވިއްކުމާއި އަދި ބޭނުންކުރުމަކީ މަނާކަމެއް ކަމުގައި އެމްއެފްޑީއޭ އިން ބުނެފައިވެއެވެ.

'ކޮފްސީ ސިރަޕް' އަކީ އިންޑިއާގެ ޗެންނާއީއަށް ނިސްބަތްވާ 'އެމްއެމްސީ ހެލްތު ކެއާ' ނަމަކަށް ކިޔާ ކުންފުންޏަކުން އުފައްދާ ބޭހެކެވެ.

ރާއްޖެއަށް އެތެރެކުރާ ކެއްސާތީ ބޯ ބޭހުގެ ބާވަތްތަކަކީ އެމްއެފްޑީއޭ އިން ކުރަމުންދާ ތަހުލީލުތަކުގައި އާންމުކޮށް ވެސް މައްސަލަތައް ފާހަގަވާ ބޭސްތަކެކެވެ. މީގެ ކުރިން ވެސް ކެއްސާތީ ބޯ ބޭހުގެ ބައެއް ބްރޭންޑުތަކުގެ ބޭސްތަކުން މައްސަލަތައް ދިމާވެ ބައެއް ބޭސްތައް ރާއްޖެ އެތެރެކުރުން މަނާކޮށްފައި ވެސް ވެއެވެ.

 

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy