ހިޒްބުﷲ އިން ނަތަންޔާހޫގެ ގަނޑުވަރު ވީޑިއޯކޮށްފި

އިސްރާއީލުގެ މަތިން އާންމުކޮށް އުދުހޭ ބާވަތުގެ ހިޒްބުﷲ ގެ ޑްރޯނެއް

ހިޒްބުالله ގެ  ޑްރޯނެއްކަމަށް ބެލެވޭ ޑްރޯނަކުން، ތެލްއަވީވްގެ އުތުރުގައި އޮންނަ ސީޒަރިއާގައި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދިރިއުޅުއްވާ ގެކޮޅުގެ މަންޒަރުތައް ނަގާފައިވާ ކަމަށް އިޒްރޭލުގެ ނޫހެއް ކަމަށްވާ "އިސްރާއީލް ހަޔޮމް" އިން ރިޕޯޓުކޮށްފިއެވެ

"އޮފިޝަލުން ދެކެނީ މިއީ ހިޒްބުالله އިން އުދުއްސާލި ރިކޮނިސެންސް ޑްރޯނެއް ކަމަށް ބެލެވޭ ކަމަށެވެ. އެއީ ނަތަންޔާހޫގެ ކަނޑުގެ އައްސޭރީގައި ދިރިއުޅުއްވާ ގޭގެ ފުޓޭޖްތައް ނެގުމަށްފަހު، އެ ވީޑިއޯތައް ފަހުން އާންމުކުރުމަށް ނަގާ ފުޓޭޖްތަކަށް ވެދާނެ"  ރިޕޯޓުގައި ވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިޑްރޯންގެ މައުލޫމާތު ހިއްސާކޮށްފައިވަނީ، ކައެސޭރިއާ އައްސޭރިފަށުގައި ޕެޓްރޯލް ކުރަމުން ދިޔަ އިސްރާއީލު ނޭވީގެ މިސައިލް ބޯޓެއްގެ ރާޑަރު ސިސްޓަމަށް އެރުމުންނެވެ. "އިސްރާއީލުގެ ހަޔޮމް" ނޫހުގައި ރިޕޯޓްކޮށްފައިވަނީ،  އެ ސަރަހައްދުގައި ހުރި އެހެނިހެން މޮނިޓަރިން އާލާތްތައް މަސައްކަތްކުރާކަން ކަށަވަރު ނުވާތީ، އަދި އެއީ ވައްޓާލެވޭވަރަށް ވުރެން ކުޑަ ޑްރޯނެއްކަމުން، އިސްރާއީލުގެ ވައިގެ އަސްކަރިއްޔާއިން ވަނީ އެ ސަރަހައްދަށް ފައިޓާ ޖެޓްތައް ފޮނުވިކަމަށެވެ. ނަމަވެސް އެފައިޓާޖެޓަށް އެކުޑަކުޑަ ޑްރޯން ލޮކޭޓްނުކުރެވި، އެ ޑްރޯން ވަނީ ގެއްލިފައެވެ.

ހިޒްބުاللهގެ އަސްކަރީ މީޑިއާއިން މިދިޔަ ޖޫން މަހު ވަނީ، ވަރަށް ކުޑަކުޑަ ޑްރޯނެއް އިސްރާއީލަށް ފޮނުވައި އެޑްރޯންގެ އެހީގައި އިސްރާއީލުގެ އުތުރުގައިވާ ހައްސާސް ތަންތަން ބަލައި ފޮޓޯތައް ނަގައި ވީޑީއޯ ކުރަމުން، ޑްރޯންތައް އުދުހެމުންދާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުކޮށްފަ އެވެ.

ލުބުނާނުގެ ނިއުސް ނެޓްވޯކް އަލް މަޔާދީން އިން ބުނީ، ނުވަ މިނެޓުގެ މި ވީޑިއޯ ފުޓޭޖް ތަކުން، އިސްރާއީލުގެ ހައްސާސީ ތަންތަން ވަނީ ދައްކާފައިކަމަށެވެ.

"ހިޒްބުالله އިން ފާހަގަކުރި ގޮތުގައި އެމީހުން ޑްރޯންތަކުން އިސްރާއީލުގެ ވައިގެ ދިފާއީ ބާރުތައް ހުރަސްކޮށް، ލުބުނާނުގެ ވައިގެ ސަރަހައްދަށް އެނބުރި އައީ އިސްރާއީލުގެ ޖާސޫސީ އިދާރާތަކަށް ދެނެނުގަނެވޭ ގޮތަށް،" އަލް މަޔާދީން ނޫހުގައިވެއެވެ.

އަދި މި ދިޔަ ޖުލައި މަހުގެ ފަހުކޮޅު ހިޒްބުﷲ އިންވަނީ ކުޑަކުޑަ އެހެން ޑްރޯނެއް އިސްރާއީލުގެ އުތުރަށް ފޮނުވައިގެން އިސްރާއީލުގެ އިތުރު ހައްސާސްތަންތަނާއި އަސްކަރީ މަރުކަޒުތަކާއި ސަރުކާރުގެ މުހިއްމު ތަންތަނުގެ ފޮޓޯތައް ނަގައި ވީޑިޔޯކޮށްފައެވެ.

ލުބުނާނުގެ ނިއުސް ނެޓްވޯކް އަލް މަޔާދީނުންފާހަގަކޮށްފައިވާ ގޮތުގައި، މި ފުޓޭޖްތައް އާންމުކުރުމުގެ ބޭނުމަކީ، އިސްރާއީލު އިސްވެ ހަމަލާދިނަސް ހިޒްބުﷲ އޮތީ ރައްދު ހަމަލާ ދިނުމަށް ތައްޔާރަށްކަމަށާއި، ހަމަލާދިނުމަށް ކަނޑުމަތީގެ ގިނަ ޓާގެޓްތަކެއް ކަނޑައަޅާފައިހުރިކަމާއި، އެތަންތަނަށް އަމާޒުކޮށް ހަމަލާދިނުމުގެ ގާބިލްކަން ހިޒުބުﷲއަށް ލިބިގެންވާކަން އިސްރާއީލަށް އިހުސާސްކޮށްދިނުންކަމަށެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

19 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

1 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy