އެމްޕޮކްސް ފެތުރުމުގެ ބިރު އޮތްކަމަށް ބުނެ ޑަބްލިޔުއެޗްއޯގެ ޔޫރަޕްގެ ވެރިޔާ އިންޒާރު ދެއްވައިފި

އެމްޕޮކްސް ބައްޔާއި ގުޅިގެން ޑަބުލިޔުއެޗްއޯ އިން ވަނީ މުޅިދުނިޔެއަށް ކުއްލިހާލަތު އިއުލާނުކޮށްފައި

ދުނިޔޭގެ ސިއްޙީ ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ) ގެ ޔޫރަޕްގެ ސަރަޙައްދީ ޑިރެކްޓަރު ހާންސް ކްލޫގް ވަނީ މަންކީ ޕޮކްސް ނުވަތަ އެމްޕޮކްސް ފެތުރިދާނެކަމުގެ ބިރު އޮތްކަމަށް ބުނެ މުޅި ދުނިޔެއަށް އިންޒާރު ދެއްވައިފިއެވެ.

 މި ބަލި ކޮންމެ ގައުމަކަށްވެސް ވާސިލުވެދާނެކަމަށާއި، އެކަމަށް ހޭލާތިބުމަކީ ވަރަށް މުހިންމު ކަމެއްކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ސްވީޑަނުން ވަނީ އެފްރިކާގެ ބޭރުން އެމްޕޮކްސްގެ އެންމެ ބޮޑަށް ގައިން ގަޔަށް އަރާ ބާވަތުގެ ފުރަތަމަ ކޭސް ރިޕޯޓުކޮށްފައެވެ. މިއީ ޑަބްލިޔުއެޗްއޯ އިން މި ބަލި "ބައިނަލްއަޤްވާމީ ކަންބޮޑުވުމެއްގެ ގޮތުގައި" އިޢުލާނުކުރިތާ ދެވަނަ ދުވަހު ފެނުނު ކޭހެކެވެ.

ކްލޫގް ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމްޕޮކްސް ކްލޭޑް 1 ޖެހުމުން ކްލޭޑް 2 އަށްވުރެ ނުރައްކާތެރި ކަމަށް ވިދާޅުވެފައެވެ. އަދި ދުނިޔޭގެ އެހެން ސަރަޙައްދުތަކުންވެސް މިބަލި ފެނުމަކީ ގުޅިފައިވާ މި ދުނިޔޭގައި ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ހިނގާފާނެ ކަމެއްކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

ސްވީޑަނުގައި ފެނުނު އެމްޕޮކްސް ކޭހާ ގުޅޭ ގޮތުން ކްލޫގް ވިދާޅުވެފައިވަނީ ބަލިޖެހުނު މީހާއަށް ފަރުވާ ދެމުންދާ ކަމަށާއި، ބަލިމީހާ އެކަހެރިކުރުމާއި ގުޅުން ހުރި މީހުން ދެނެގަތުން ފަދަ އާންމު ސިއްޙީ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.

2024 ވަނަ އަހަރު ފެށުނީއްސުރެ، އެފްރިކާގެ 12 އަށްވުރެ ގިނަ ޤައުމުތަކުން މި ބަލި ރިޕޯޓުކޮށްފައިވެއެވެ. ގާތުން ގުޅުން ބޭއްވުމުން ފެތުރޭ މި ބަލީގެ 90 އިންސައްތައަށްވުރެ ގިނަ ކޭސްތައް ރިޕޯޓުކޮށްފައިވަނީ ކޮންގޯ ޑިމޮކްރެޓިކް ރިޕަބްލިކުންނެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy