ތެވެލި ކޮންފަރެންސްގައި ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ / ފޮޓޯ:ރައީސް އޮފީސް
ދިރާސާތަކުގެ އަލީގައި މަސައްކަތްތައް ބައްޓަންކުރެވިއްޖެނަމަ، އިޤްތިޞާދީގޮތުން ފުދުންތެރި ޤައުމަކަށް ދިއުމަށް ރާއްޖެއިން ކުރާ މަސައްކަތަށް ބޮޑެތި ޙައްލުތަކެއް ހޯދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
"ތެވެލި" ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދިރާސާއަކީ ޤައުމަށް ފައިދާހުރި ސިނާޢަތްތައް ކުރިއަރުވާ ފުދުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ކުރެވޭނެ އެންމެ މުހިންމު މަސައްކަތްކަމަށެވެ.
ރާއްޖެފަދަ ކުޑަ ޤައުމަކަށް ހުރި ގޮންޖެހުންތައް ފާހަގަކުރައްވައި، މި މައްސަލަތަކަށް ޙައްލު ހޯދުމަށް ދިރާސާތަކުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ޤައުމުގެ އިޤްތިޞާދީ ޙާލަތު ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ދިރާސާތަކުގެ ދައުރު މުހިންމުކަމަށް ވިދާޅުވިއެވެ.
ދިރާސާކުރުމާއި އިޖާދީ ވިސްނުންތަކަށް އިސްކަންދެއްވުމުގެ ގޮތުން ޚާއްޞަ ގްރާންޓެއް ދެއްވުމަށް ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރާއި ޕްރައިވެޓް ސެކްޓަރ އަދި ތަޢުލީމީ މަރުކަޒުތައް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
ރާއްޖެއަކީ ކުރިމަގުގައި ނޮލެޖް ހަބަކަށް ހެދިދާނެކަމަށާއި، ސަރަޙައްދީ އަދި ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކުރެވޭ ދިރާސާތަކެއް ރާއްޖޭގައި ކުރިއަށްގެންދެވިދާނެކަމަށް ރައީސް ވިދާޅުވިއެވެ. މިކަމަށް ދިވެހި އަދި ބައިނަލްއަޤްވާމީ ދިރާސާވެރިންނަށް ރައީސް ގޮވާލެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ދިރާސާގެ މަސައްކަތްތައް ކުރިއެރުވުމުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ތަޢުލީމީ އިންސްޓިޓިއުޝަންތަކުން ކުރައްވަމުންދާ މަސައްކަތްތައް ފާހަގަކުރައްވާ އެފަރާތްތަކަށް ޝުކުރުދަންނަވާފައެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް