ބިލިއާޑް 10 ބޯލް ޗެމްޕިއަންޝިޕް ފަޔާޒާއި ދީނާ އަށް

10 ބޯލް ޗެމްޕިއަންޝިޕްގެ ފައިނަލްގައި ވާދަކުރި ކުޅުންތެރިން.-- ފޮޓޯ: އެމްޕީބީއޭ

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) ގެ 10 ބޯލް ޗެމްޕިއަންޝިޕްގައި ފިރިހެން އަދި އަންހެން ބައިގެ ޗެމްޕިއަންކަން ހުސެއިން ފަޔާޒާއި ދީނާ އަހުމަދު ހާސިލުކޮށްފިއެވެ.

މިދިޔަ ދެ އަހަރުވެސް މި މުބާރާތުގެ ފައިނަލަށް ގޮސްފައިވާ ފަޔާޒް، މިފަހަރުގެ ފައިނަލްގައި އިސްމާއިލް ސުވެއިދާ ދެކޮޅަށް ކުޅެ، 11-10 ފްރޭމުން ކާމިޔާބު ހޯދައިފިއެވެ. މި މެޗު ކުޅުނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގައެވެ.

ފިރިހެން ބައިގެ އެންމެ މޮޅު އަށް ކުޅުންތެރިންގެ ތެރޭގައި ޗެމްޕިއަން ފަޔާޒާއި ރަނަރަޕް ސުވައިދުގެ އިތުރުން މުޙައްމަދު ސާހިލް ހަމީދު، އަހުސަން ހާޝިމް، މިދިޔަ އަހަރުގެ ޗެމްޕިއަން ހަސަން ޝާޒް މުޙައްމަދު، ފަތުހުﷲ ޖަމީލް، އަލީ ފަޔާޒް އަދި މޫސާ ޝާމިއު ހިމެނެއެވެ.

އަންހެން ބައިގެ ޗެމްޕިއަންކަން ދީނާ ހޯދީ ފައިނަލްގައި އައިޝަތު އަލީއާ ވާދަކޮށް 7-2 ފްރޭމުން މޮޅުވެގެންނެވެ. މި ބައިގެ އެންމެ މޮޅު ހަތަރު ކުޅުންތެރިންގެ ތެރޭގައި ދީނާ އާއި އައިޝަތު އަލީގެ އިތުރުން ފަގީހާ އިބްރާހިމް އަދި މިދިޔަ އަހަރުގެ ޗެމްޕިއަން އައިމިނަތު އަޒްރާ ހިމެނެއެވެ.

އެމްޕީބީއޭ އިން އަންނަ މަހު 9 ބޯލް ޗެމްޕިއަންޝިޕް ބޭއްވުމަށް ތައްޔާރުވަމުން ދާއިރު، އޮކްޓޯބަރު މަހު ގައުމީ ބިލިއާޑް ޗެމްޕިއަންޝިޕް އަދި ނޮވެމްބަރު މަހު 9 ބޯލް އެސޯސިއޭޝަން ކަޕް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި އަހަރު އެމްޕީބީއޭ އިން ފުރަތަމަ ބޭއްވި 8 ބޯލް ޗެމްޕިއަންޝިޕްގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ސުވެއިދު ހޯދީ، ފައިނަލްގައި މުހައްމަދު ސާހިލް ހަމީދާ ވާދަކޮށް 11-8 ފްރޭމުން މޮޅުވެގެންނެވެ. އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ އަޒްރާއެވެ. އޭނާ ފައިނަލްގައި އާމިނަތު ހަލީމް 7-6 ފްރޭމުން ބަލިކުރިއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy