ކުރިއަށް އޮތް ދުވަސްތަކުގައި ދައުލަތުގެ ރިޒާވް ރަނގަޅުވާނެ ކަމަށް އެމްއެމްއޭ އިން ބުނެފި

އެމްއެމްއޭ

ޖުލައި މަސް ނިމުނު އިރު ދައުލަތުގެ ރިޒާވް ދަށަށް ދިޔަ ނަމަވެސް، ކުރިއަށް އޮތް ދުވަސްތަކުގައި ރިޒާވް ރަނގަޅުވާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

ރާއްޖެއަށް ބޭނުންވާ މުދަލުގެ ބާވަތްތަކާއި އެނޫންވެސް ކަންކަމުގައި ބޭނުންކުރަން ހުންނަ ރިޒާވް ދަށަށް ދިއުމާ ގުޅޭގޮތުން ދައުރުވަމުންދާ ވާހަކަތަކާ ގުޅިގެން އެމްއެމްއޭ އިން ނެރުނު ރަޢުޔުގައި ބުނެފައިވަނީ، މިހިނގާ އޮގަސްޓް މަސް ނިމޭއިރު ދައުލަތުގެ ރިޒާވް ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެމްއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، ކޮވިޑާ ގުޅިގެން ކުރިމަތިވި ދަތިތަކާ ގުޅިގެން މާލީ ވުޒާރާއާއެކު 2019 ވަނަ އަހަރު ގާއިމްކުރި އެއްބަސްވުމެއްގެ ދަށުން ސޮވެރިން ޑިވެލޮޕްމެންޓް ފަންޑަށް ޖަމާކުރެވޭ ޑޮލަރު އެމްއެމްއޭ އަށް މާރުކުރުމަށްފަހު ބޭނުންކުރެވޭ ރިޒާވްގައި ހިމަނާފައިވެއެވެ. ނަމަވެސް 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ފައިސާ މާރުކުރުމުގެ ބަދަލުގައި ޑޮލަރުން ބެހެއްޓުމަށް ނިންމައި ޑޮލަރުން ފައިސާ ޖަމާކުރަމުން އައިސްފައިވާ ކަމަށް އެމްއެމްއޭ އިން ބުނެފައިވެއެވެ.

މިހާރު އެސްޑީއެފްގައި ބޭނުންކުރެވޭގޮތަށް 65 މިލިއަން ޑޮލަރު ހުރި ކަމަށް އެމްއެމްއޭ އިން ބުނެފައިވެއެވެ. އަދި ޖުލައި މަހުގެ ނިޔަލަށް ބޭނުންކުރެވޭ ރިޒާވްގައި 45 މިލިއަން ޑޮލަރު ހުރިއިރު، އެ އަދަދު ގުނާފައިވަނީ އެސްޑީއެފްގައި ހުރި 65 މިލިއަން ޑޮލަރު ނުލައި ކަމަށް އެމްއެމްއޭ އިން ފާހަގަކޮށްފައިވެއެވެ.

އެމްއެމްއޭ އިން އިތުރަށް ބުނެފައިވަނީ ކުރިއަށް އޮތީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ހައި ސީޒަން ކަމުން ކުރިއަށް އޮތް ތަނުގައި ރިޒާވް އެދެވޭ އަދަދަކަށް އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ހަމަ އެއާއެކު އެމްއެމްއޭ އިން މިހާރުވެސް އަންނަނީ ބޭރުފައިސާގެ މުއާމަލާތްތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ބޭރުގެ އެކި ފަރާތްތަކާއެކު މުއާމަލާތްތައް ކުރަމުންނެވެ. މިގޮތުން ކުރެވެމުންދިޔަ މަސައްކަތްތަކުން ބޭރުގެ ސްވޮޕްލައިނަކުން ވަރަށް އަވަހަށް 400 މިލިއަން ޑޮލަރާ ހަމައަށް ފައިނޭންސް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެމްއެމްއޭ އިން ބުނެފައިވެއެވެ.

 

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

20 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy