ރަޝިޔާއިން އަނެއްކާވެސް ޔޫކްރެއިނަށް ބެލިސްޓިކް މިސައިލް ޙަމަލާއެއްދީފި

މި ޙަމަލާއަކީ މި މަހު ޔޫކްރެއިނަށް ދެވުނު ތިންވަނަ ބެލިސްޓިކް މިސައިލް ޙަމަލާއެވެ.

ރަޝިޔާއިން އަނެއްކާވެސް ޔޫކްރެއިނަށް ބެލިސްޓިކް މިސައިލް ޙަމަލާއެއް ދީފިއެވެ. ޔޫކްރެއިންގެ ވެރިރަށް ކީވަށް އަމާޒުކޮށް ދެވުނު މި ޙަމަލާއަކީ މި މަހު ޔޫކްރެއިނަށް ދެވުނު ތިންވަނަ ބެލިސްޓިކް މިސައިލް ޙަމަލާއެވެ.

ޔޫކްރެއިންގެ އަސްކަރިއްޔާއިން ހާމަކުރި އިބްތިދާއީ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހު ރަޝިޔާއިން ދިން ގިނަ މިސައިލް ޙަމަލާތަކެއް ވަނީ އަމާޒަށް ވާޞިލުވުމުގެ ކުރިން ނައްތާލެވިފައެވެ. އާދީއްތަ ދުވަހުގެ ޙަމަލާއަކީ މި މަހުގެ ތިންވަނަ ބެލިސްޓިކް ޙަމަލާކަން ފާހަގަކޮށް، ޔޫކްރެއިން އަސްކަރިއްޔާއިން ބުނެފައިވަނީ މިފަދަ ކޮންމެ ޙަމަލާއަކަށްފަހު ދެވަނަ ޙަމަލާ ދިނުމަށް ހަ ދުވަހުގެ މުއްދަތެއް ނަގާ ކަމަށެވެ. އަދި ރަޝިޔާއިން ބޭނުންކުރަމުންދަނީ އުތުރު ކޮރެއާއިން އުފައްދާފައިވާ ބެލިސްޓިކް މިސައިލްތައް ކަމަށް ޔޫކްރެއިނުން ތުހުމަތުކުރެއެވެ.

ރަޝިޔާއިން ޔޫކްރެއިނަށް އެންމެ ފަހުން ދިން ވައިގެ ޙަމަލާތަކުގެ ތެރެއިން، އެ ޤައުމުގެ އެކި ސަރަޙައްދުތަކުން ފަސް ޑްރޯންއާއި އަށް މިސައިލް ވައްޓާލެވިފައިވާ ކަމަށްވެސް ޔޫކްރެއިން އަސްކަރިއްޔާއިން މަޢުލޫމާތު ދީފައިވެއެވެ. އާދީއްތަ ދުވަހުގެ ހެނދުނު ރަޝިޔާއިން ޔޫކްރެއިނަށް އަމާޒުކޮށް ފޮނުވާލީ ތިން ބެލިސްޓިކް މިސައިލާއި، ތިން ކްރޫޒް މިސައިލާއި، އަދި ދެ އެއަރކްރާފްޓް މިސައިލެވެ. ޔޫކްރެއިން އަސްކަރިއްޔާއިން ބުނެފައިވަނީ އޭގެ ތެރެއިން ފަސް މިސައިލް ވައްޓާލެވުނު ކަމަށާއި އަނެއް ތިން މިސައިލް އަމާޒަށް ވާޞިލުނުވި ކަމަށެވެ.

ޔޫކްރެއިންގެ އިސް އޮފިޝަލުންގެ ބަހުން، މި ޙަމަލާތަކުގައި އެއްވެސް ފަރުދަކަށް އަނިޔާވެފައިވާކަމުގެ މަޢުލޫމާތެއް ލިބިފައިނުވެއެވެ. ނަމަވެސް، އިމާރާތްތަކަށް ތަފާތު މިންވަރުތަކުގައި ގެއްލުން ލިބިފައިވާކަން ފާހަގަކުރެވިފައިވެއެވެ.

ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވަނީ، ރަޝިޔާއިން ޢާންމު ރައްޔިތުން ދިރިއުޅޭ ސަރަޙައްދުތަކަށް ޙަމަލާދެނީ، ޤަޞްދުގައި މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށްކަމުގެ ވާހަކަ އަލުން ތަކުރާރުކުރައްވާފައެވެ. އަދި ވޭތުވެދިޔަ ހަފުތާގައި އެކަނި، ރަޝިޔާއިން ޔޫކްރެއިނަށް 40 މިސައިލް ޙަމަލާއާއި، 750 ބޮމުގެ ޙަމަލާ، އަދި 200 ޑްރޯން ޙަމަލާ ދީފައިވާކަމަށް ޒެލެންސްކީ ހާމަކުރެއްވިއެވެ.

ރަޝިޔާއިން "ޚާއްޞަ އަސްކަރީ ޢަމަލިއްޔާތު" ގެ ނަމުގައި ޔޫކްރެއިނަށް އަރައިގަތީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ. ދެ އަހަރަށްވުރެ ދިގު މުއްދަތަކަށް މި ހަނގުރާމަ ދެމިގެންގޮސްފައިވާއިރު، ޔޫކްރެއިންގެ އިރުއުތުރު ސަރަޙައްދުގެ 18 އިންސައްތަ މިހާރު ވަނީ ރަޝިޔާގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. ހުޅަނގުގެ ޤައުމުތަކުގެ އެހީތެރިކަމާއެކު ރަޝިޔާއާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ޔޫކްރެއިނުން ވަނީ މި މަހުގެ 6 ވަނަ ދުވަހު ސަރަޙައްދީ ރޮނގު ހުރަސްކޮށް، ރަޝިޔާގެ ކްރިމިއާ އަށް އަރައިގަނެފައެވެ.


ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

15 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy