މި ބަދަލާ ގުޅިގެން އިންތިޒާމްތައް ހަމަޖެއްސުމަށް މަސްވެރިކަމާބެހޭ ވަޒީރު އަޙްމަދު ޝިޔާމާއި ފެނަކަ ކޯޕަރޭޝަންގެ އިސްވެރިންނާއެކު ބޭއްވުނު ބައްދަލުވުމެއްގައި މުޢާޒު މި ވާހަކަ ވިދާޅުވިއެވެ.
އައިސް ޕްލާންޓްތަކުގެ ހިންގުން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އާ ހަވާލުކުރެވެންދެން، މަސްވެރިންނަށް މެދުނުކެނޑި އައިސް ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒު މުޙައްމަދު ރަޝީދު ދެއްވައިފިއެވެ.
މި ބަދަލާ ގުޅިގެން އިންތިޒާމްތައް ހަމަޖެއްސުމަށް މަސްވެރިކަމާބެހޭ ވަޒީރު އަޙްމަދު ޝިޔާމާއި ފެނަކަ ކޯޕަރޭޝަންގެ އިސްވެރިންނާއެކު ބޭއްވުނު ބައްދަލުވުމެއްގައި މުޢާޒު މި ވާހަކަ ވިދާޅުވިއެވެ.
ފެނަކައިން އައިސްޕްލާންޓްތައް ހިންގުން ހުއްޓާލަން ނިންމިކަން މި މަހު އިޢުލާންކުރިއެވެ. މުޢާޒު ވިދާޅުވި ގޮތުގައި އައިސްޕްލާންޓްތައް ހިންގުމަކީ ކުންފުނީގެ ޚިދުމަތުގެ އަމާޒުން ބޭރު މަސައްކަތެއް ކަމަށާއި، ކުންފުނީގެ މާލީ ހާލަތަށް ބަލާއިރު މި ޚިދުމަތް ދިނުމަކީ ވަރަށް ޚަރަދު ބޮޑު ކަމެކެވެ.
އިތުރަށް މުޢާޒު ހާމަކުރެއްވި ގޮތުގައި މި ޚިދުމަތް ދިނުމުގެ ސަބަބުން ކުންފުންޏަށް މަހަކު 12 މިލިއަން ރުފިޔާއަށްވުރެ ގިނަ އަދަދެއްގެ ގެއްލުން ވަމުންދެއެވެ. މި މައްސަލަ ޙައްލުކުރުމަށް މިފްކޯއާއި ކަމާގުޅުންހުރި އެހެނިހެން އިދާރާތަކާއެކު މަޝްވަރާކުރުމަށްފަހު، ފެނަކައިން އައިސްޕްލާންޓްތައް ހިންގުން ހުއްޓާލުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ފެނަކައިން 25 ރަށެއްގައި އައިސް ޕްލާންޓް ހިންގުމުގެ މަސައްކަތް ކުރިއަށް ގެންދެއެވެ. މީގެ ތެރޭގައި އެކަށީގެންވާ ފެންވަރުގައި ޚިދުމަތް ނުދެވޭ ޕްލާންޓްތައްވެސް ހިމެނެއެވެ. އެހެންނަމަވެސް، ކުންފުނިން މުވައްޒަފުންގެ މުސާރައާއި އެހެނިހެން ހިންގުމުގެ ޚަރަދުތަކަށް މަތީ އަދަދެއްގެ ފައިސާ ހޭދަކުރަމުން ގެންދެއެވެ.
ފެނަކައިން ޚަރަދުތައް ކުޑަކުރުމަށްޓަކައި ގިނަގުނަ ފިޔަވަޅުތަކެއް އަޅަމުން ދާއިރު، އެ ކުންފުނީގެ މައިގަނޑު އަމާޒަކީ 2027 ވަނަ އަހަރު ނިމުމުގެ ކުރިން ދަރަނިތައް އަދާކޮށް ނިންމައި، ފައިދާ ލިބޭ ކުންފުންޏަކަށް ބަދަލުވުމެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް