އަލް ހިލާލުން ރޮނާލްޑޯގެ އުއްމީދުތައް ފުނޑުކޮށްލައިފި

ސައުދީ ސުޕަރ ކަޕް ފައިނަލު މެޗުގެ ތެރެއިން: ރޮނާލްޑޯ

އަލް ނަސްރް އަދި އަލް ހިލާލް ސައުދީ ސުޕަރ ކަޕް ފައިނަލުގައި ބައްދަލު ކުރި މެޗު 1-4 ގެ ނަތީޖާއަކުން ފަހަތުން އަރައި އަލް ހިލާލްއިން ކާމިޔާބުކޮށްފިއެވެ. މެޗުގެ ފުރަތަމަ ގޯލު ފެނިގެންދިޔައީ ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށެވެ. މި ގޯލު ކާމިޔާބުކޮށްދިނީ ޕޯޗުގަލް އަދި އަލް ނަސްރްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

ދެވަނަ ހާފު އަލް ހިލާލް އިން ފެށީ މެޗުން މޮޅުވުމުގެ އާ އަޒުމެއްގައެވެ. އަލް ހިލާލުގެ މިލިންކޮވިކް ސަވިޗްގެ ރީތި ގޯލަކުން މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. ގޯލަށްފަހުވެސް އަލް ހިލާލްގެ ފަރާތުން ފެނިގެންދިޔައީ މޮޅު ކުޅުމެކެވެ. އެގޮތުން ކައިރި ކައިރީގައި މިޓްރޮވިޗް ކާމިޔާބުކޮށްދިން ގޯލުތަކުން އަލް ނަސްރްގެ މައްޗަށް ހިލާލު ކުރި ހޯދައި ނަތީޖާ ފުޅާ ކުރިއެވެ. އަލް ނަސްރްގެ ކީޕަރަށް ކުރެވުނު ކުށެއްގެ ފައިދާ ނަގައި މަލްކޮމް ފަހު ގޯލު ކާމިޔާބުކޮށް އަލް ނަސްރްގެ އުއްމީދުތައް ފުނޑުކޮށްލިއެވެ.

މިމެޗުގައި އިންޖަރީގެ ސަބަބުން ނޭމަރއަށް ވަނީ ކުޅެވޭގޮތް ނުވެފައެވެ. މި ބައްޔާއިއެކު ރޮނާލްޑޯ އަދިވެސް އިންތިޒާރު ކުރަމުންދަނީ އަލްނަސްރާއިއެކު ޑޮމެސްޓިކް ތަށްޓަކަށެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

44 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy