އެމްޕޮކްސްގެ އަލާމާތްތަކަށް ފަރުވާދެވޭނެކަމަށް އެޗްޕީއޭއިން ބުނެފި

އެމްޕޮކްސް ބަލީގެ ސަބަބުން ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން ވަނީ ކުއްލި ހާލަތު އިއުލާނުކޮށްފައި

ދުނިޔޭގައި ފެތުރެމުންދާ އެމްޕޮކްސްގެ އަލާމާތްތަކަށް ރާއްޖޭގައި ފަރުވާދެވޭނެ ގާބިލުކަން ހުރިކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

މިއަދު ސިއްހީ ވުޒާރާގައި ބޭއްވި މަޢުލޫމާތު ސެޝަނެއްގައި އެޗްޕީއޭއިން ބުނީ، އެމްޕޮކްސްއަށް ސީދާ ވެކްސިނެއް ނެތްނަމަވެސް، އެ ބަލީގެ އަލާމާތްތަކަށް ސަޕޯޓިވް ފަރުވާ ދެވޭނެ ކަމަށެވެ.

އެމްޕޮކްސްގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ތުރުތުރު އެޅުމާއި، ބިހި ނެގުމާއި، ފޮޅުލުމާއި، ކަރުގައި ރިއްސުމާއި، ވަރުބަލިވުމާއި އަދި މަސްތަކުގައި ރިއްސުން ހިމެނެއެވެ. މި ބައްޔަށް ޕީސީއާރު ޓެސްޓު ހަދާނެކަމަށާއި، ބައެއް ހާލަތްތަކުގައި ބަލިޖެހިފައިވާ ފަރާތެއްގެ ބިހިން ޓެސްޓު ހެދުމަށް ކުރަމަގާލި ނަގަންޖެހިދާނެކަމަށްވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.

އެމްޕޮކްސްއަކީ ކޮވިޑުހާ އަވަހަށް ފެތުރޭ ބައްޔެއް ނޫންކަމަށާއި، މި ބަލި ފެތުރެނީ ބަލިޖެހިފައިވާ މީހަކާ ނުވަތަ ޖަނަވާރަކާ ގާތުން އުޅުމުން ނުވަތަ ބަލިޖެހިފައިވާ މީހެއްގެ ގައިގައި ހުންނަ ދިޔަ އެތެރެވުމުންކަމަށް އެޗްޕީއޭއިން މަޢުލޫމާތު ދީފައިވެއެވެ.

މި ބައްޔަށް އެންމެ ރިސްކު ބޮޑީ މާބަނޑު އަންހެނުންނާއި، ކުޑަކުދިންނާއި، ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި، ހަމުގެ ބަލި ހުންނަ މީހުންނާއި އަދި ދިގު މުއްދަތަކަށް ބައްޔަކަށް ފަރުވާ ހޯދާ މީހުންކަމަށްވެސް އެ އިދާރާއިން ހާމަކޮށްފައިވެއެވެ.

ސިއްހީ ވަޒީރު އަބްދުﷲ ޚަލީލުގެ އިރުޝާދުގެ ދަށުން މި ބައްޔަށް ތައްޔާރުވުމުގެ މަސައްކަތް ކުރިއަށްދާކަމަށް އެޗްޕީއޭއިން ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

58 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy