ބީއެމްއެލްގެ "ބޭންކް ފަންޑް" އަށް އެދި ހުށަހެޅުމުގެ އިތުރު ފުރުސަތެއް ހުޅުވާލައިފި

ބޭންކު އޮފް މޯލްޑިވްސް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތަޢާރަފުކޮށްފައިވާ "ބޭންކް ފަންޑް" އަށް އެދި ހުށަހެޅުމުގެ އިތުރު ފުރުސަތެއް ހުޅުވާލައިފިއެވެ.

މި ފަންޑަކީ ދެމެހެއްޓެނިވި ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ޖަމްޢިއްޔާތައް ބާރުވެރިކޮށް، މުޖުތަމަޢަށް އެހީވުމަށް އަމާޒުކޮށްގެން ތަޢާރަފުކޮށްފައިވާ ފަންޑެކެވެ.

ބީއެމްއެލްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މިފަހަރު ހުޅުވާލާފައިވާ ފުރުސަތުގެ މުއްދަތު ހަމަވާނީ މި މަހުގެ 8 ވާ އާދިއްތަ ދުވަހުގެ ހަވީރު 4:00 އަށެވެ. މި ފަންޑަށް ކުރިމަތިލުމުގެ ފުރުސަތު ދީފައިވަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ޖަމްޢިއްޔާ ޖަމާޢަތްތަކާއި ކްލަބްތަކަށެވެ.

ފަންޑަށް އެދި ހުށަހަޅާ ފަރާތްތަކުން ފޯމާއި ޕްރޮޕޯސަލް ހުށަހަޅަންޖެހޭނީ bankfund@bml.com.mv އަށް އީމެއިލް މެދުވެރިކޮށެވެ. ބީއެމްއެލްއިން ބުނާ ގޮތުގައި މި ފަންޑުގެ ދަށުން ތަޢުލީމާއި، ތިމާވެށްޓާއި، ކުޅިވަރާއި މުޖުތަމަޢަށް ފައިދާކުރާ ދާއިރާތަކުން 5 ޕްރޮޖެކްޓެއް ހޮވައި، ކޮންމެ ޕްރޮޖެކްޓެއް ހިންގުމަށް 200,000 ރުފިޔާގެ ހިލޭ އެހީ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ފަންޑުގެ މަޤްޞަދަކީ މުޖުތަމަޢުގެ ތަރައްޤީއަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކާއި ކްލަބްތަކަށް އެހީތެރިވެ، އެފަރާތްތަކުން ހިންގާ މުހިންމު ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. މިއީ ބީއެމްއެލްއިން މުޖުތަމަޢުގެ ލާބައާއި މަންފާއަށް ކުރާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

6 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy