ތައިލެންޑުގެ އައު ބޮޑުވަޒީރުކަމަށް އިންތިޚާބުވެވަޑައިގެންނެވި ޕޭޓޮންގޓާން ޗިނަވާތު
ތައިލެންޑުގެ އައު ބޮޑުވަޒީރުކަމަށް އިންތިޚާބުވެވަޑައިގެންނެވި ޕޭޓޮންގޓާން ޗިނަވާތުއަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ދަންނަވައިފިއެވެ.
ތައިލެންޑުގެ ތާރީޚުގައި މިހާތަނަށް އިންތިޚާބުކުރެވުނު އެންމެ ޒުވާން ބޮޑުވަޒީރަށް މަރުޙަބާ ދަންނަވަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާހަގަކުރެއްވީ، އެކަމަނާގެ ދައުރުގައި ތައިލެންޑަށް އުޖާލާ މުސްތަޤުބަލެއް ކުރިމަތިވާނެ ކަމުގެ ޔަޤީންކަމެވެ. މީގެއިތުރުން، ކުރިއަށް އޮތް ދުވަސްތަކުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ގުޅިގެން މަސައްކަތްކުރެއްވުމަށް އުންމީދުކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ތައިލެންޑުގެ އައު ބޮޑުވަޒީރު ޕޭޓޮންގޓާން ޗިނަވާތު އިންތިޚާބުކުރެވިފައިވަނީ، ކުރީގެ ބޮޑުވަޒީރު ފިޔު ތައި ޕާޓީގެ ސެއްތާ ތަވީސިން ޤާނޫނުއަސާސީއާ ޚިލާފުވެފައިވާ ކަމަށް ކަނޑައަޅައި، އެ މަޤާމުން ވަކިކުރުމާ ގުޅިގެންނެވެ.
ޕޭޓޮންގޓާނަކީ ތައިލެންޑުގެ ބޮޑުވަޒީރުކަމުގެ މަޤާމަށް އިންތިޚާބުކުރެވުނު ދެވަނަ އަންހެން ބޭފުޅާއެވެ. އަދި މިހާތަނަށް އެ މަޤާމާ ހަވާލުވެވަޑައިގެންނެވި އެންމެ ޒުވާން ބޭފުޅާއެވެ. އޭނާއަކީ ޗިނަވާތު ޢާއިލާއިން ބޮޑުވަޒީރުކަމުގެ މަޤާމު އަދާކުރައްވާ ތިންވަނަ ބޭފުޅާއެވެ. އޭނާގެ ކުރިން އެ މަޤާމު ފުރުއްވާފައިވާ ބޭފުޅުންގެ ތެރޭގައި އޭނާގެ ބައްޕާފުޅު ތަކްސިނާއި ބޮޑުދައިތާފުޅު ޔިންގލަކް ޗިނަވާތު ހިމެނިވަޑައިގަންނަވައެވެ.
އައު ބޮޑުވަޒީރެއް އިންތިޚާބުކުރުމަށް ޤާނޫނު ހަދާ މަޖިލީހުގައި ނެގުނު ވޯޓުގައި ޕޭޓޮންގޓާނަށް 319 މެންބަރުންގެ ތާއީދު ލިބިވަޑައިގަތެވެ. މިއީ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް