އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް)
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް) އިން ވަނީ ޑްރަގް ބޭނުންކުރާކަމުގެ ތުހުމަތުގައި ދިވެހި އަންހެން ނަރުހަކު ވަޒީފާއިން ސަސްޕެންޑްކޮށްފައެވެ.
އައި.ޖީ.އެމް.އެޗް އިން މިއަދު ބުނިގޮތުގައި މި މައްސަލަ ދެހަފްތާ ކުރިން ވަނީ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައެވެ. މިހާރު ފުލުހުން ދަނީ މި މައްސަލަ ތަޙްޤީޤުކުރަމުންނެވެ.
"މި މުވައްޒަފު މިހާރު ވަނީ ސަސްޕެންޑްކޮށްފައި،" ހޮސްޕިޓަލުން ބުންޏެވެ.
ކުރިން ވޯޑް އިންޗާޖެއްގެ ގޮތުގައި މަސައްކަތްކުރި މި ނަރުހު، ދެމަސް ކުރިން އެހެން މަޤާމަކަށް ބަދަލުކުރެވުނުކަމަށް އައި.ޖީ.އެމް.އެޗް އިން ބުނެފައިވެއެވެ. ފުލުހުން އިއްޔެ ބުނިގޮތުގައި މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތް އަދި ހައްޔަރުކޮށްފައެއް ނުވެއެވެ.
މި މައްސަލައިގެ ތަޙްޤީޤު ކުރިއަށްދާއިރު، އައި.ޖީ.އެމް.އެޗް އިން ވަނީ މި މުވައްޒަފު ވަޒީފާއިން ސަސްޕެންޑްކޮށް، ކަމާބެހޭ އިދާރާތަކަށް މައްސަލަ ހުށަހަޅާފައިވާކަން ފާހަގަކޮށްފައެވެ. މިކަމުގެ ސަބަބުން ހޮސްޕިޓަލުގެ ޚިދުމަތްތަކަށް އެއްވެސް ބުރޫއެއް ނާރާނެކަމަށްވެސް އައި.ޖީ.އެމް.އެޗް އިން ބުނެފައިވެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް