"މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް - ވިމެންސް އެޑިޝަން 2024" ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

-



ދިވެހިރާއްޖޭގެ ޓްރެވަލް އޭޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުންގެ އެސޯސިއޭޝަން (މަޓާޓޯ) އިން އިންތިޒާމުކޮށްގެން މާދަމާ ހޮޓެލް ޖެންގައި ފެށުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް - ވިމެންސް އެޑިޝަން 2024" ގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގު ވަނީ ސޮއިކޮށްފައެވެ.

މި ކޮންފަރެންސްގެ އަމާޒަކީ ފަތުރުވެރިކަމުގެ ދާއިރާގައި އަންހެނުންނަށް ދިމާވާ ގޮންޖެހުންތައް ދެނެގަނެ، އެ ގޮންޖެހުންތައް ހައްލުކުރުމުގެ ގޮތްތައް ހޯދުމެވެ. މީގެ އިތުރުން މި ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، އަންހެނުންނަށް ފުޅާ ދާއިރާއެއްގައި ފުރުސަތު ހޯދައިދިނުމަށްވެސް މަސައްކަތްކުރެވޭނެއެވެ. މި ކޮންފަރެންސްގައި ޕެނަލިސްޓުންގެ ގޮތުގައި ތިއްބަވާނީ ހަމައެކަނި އަންހެން ބޭފުޅުންނެވެ.

ދިރާގުގެ މެނޭޖަރ، ބްރޭންޑް އެންޑް އިވެންޓްސް، ނާޔާ ޝަރީފް ވިދާޅުވީ މި ކޮންފަރެންސަކީ ފަތުރުވެރިކަމުގެ ދާއިރާއަށް ވަރަށް މުހިންމު ކޮންފަރެންސެއް ކަމަށެވެ. އަދި މިފަދަ ކޮންފަރެންސްތަކުގައި ބައިވެރިވެ، ޑިޖިޓަލް ޓްރާންސްފޮމޭޝަން ޕާޓްނަރެއްގެ ގޮތުގައި މަސައްކަތްކުރުމަކީ މި ދާއިރާ ކުރިއެރުވުމަށް ދިރާގުން ދޭ އަހައްމިއްޔަތުކަމެއް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

މަޓާޓޯގެ ސީއީއޯ އާމިނަތު ސޫޒަން ވިދާޅުވީ މި ކޮންފަރެންސަކީ އަންހެނުން ބާރުވެރިކުރުމަށް އެސޯސިއޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބާއްވާ ކޮންފަރެންސެއް ކަމަށެވެ. އަދި މި ކޮންފަރެންސަށް ދިރާގުން ދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ.

ދިރާގުން މިފަދަ އަންހެނުން ބާރުވެރިކުރުމުގެ މަސައްކަތްތަކަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

59 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy