ސުލްހައިގެ ވާހަކަތައް ކުރިއަށްދަނިކޮށް ފަލަސްތީނުގެ އެތައް ބަޔަކު ޝަހީދުކޮށްލައިފި

ޣައްޒާގެ މެދުތެރެއަށް އިސްރާއީލުން ދިން ވައިގެ ޙަމަލާގައި އަނިޔާވި، ފަރާތްތަކަށް އަވަސް ފަރުވާދިނުމަށް ގެންދަނީ-- ފޮޓޯ: ރޮއިޓަރސް

ޣައްޒާގެ މެދުތެރޭގެ އަވަށެއްކަމަށް އަޒް ޒަވައިދާ ސަރަހައްދުގައި، ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ ރައްޔިތުން ހިޔާވަހިކަން ހޯދަމުންދިޔަ ގުދަނަކަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބޮން އަޅައި، ނުވަ ކުޑަކުދިންނާއެކު، އެއް އާއިލާއެއްގެ 15 މީހުން ޝަހީދުކޮށްލައިފިއެވެ.

ޣައްޒާގައި ހުންނަ ސިވިލް ޑިފެންސްގެ ތަރުޖަމާނު މަހްމޫދު ބަސާލް ހޮނިހިރު ދުވަހު ވިދާޅުވީ މި ހަމަލާގައި ޝަހީދުވި 15 މީހުންނަކީ އަލް އިޖްލާ އާއިލާގެ މީހުން ކަމަށާއި ޝަހީދުވި މީހުންގެ ތެރޭގައި ތިން އަންހެނުން ހިމެނޭ ކަމަށެވެ. މި ހަމަލާގައި ޝަހީދުވި މީހުންގެ ޖުމްލަ އަކީ 16 އެވެ.

ޣައްޒާގެ މެދުތެރޭގައި އޮންނަ ދީރް އަލް ބަލާހުއިން ރިޕޯޓްކުރަމުން، އަލްޖަޒީރާގެ ތާރިގު އަބޫ އަޒްޒޫމް ވިދާޅުވީ ނުސީރަތު ރެފިއުޖީ ކޭމްޕުގެ ދެކުނުން ތަންކޮޅެއް ދުރުގައި ހުންނަ ގުދަނަށް، އިސްރާއީލުން ތިން މިސައިލް ހަމަލާދީފައިވާ ކަމަށެވެ.

ހަމާސްގެ އޮފިޝަލް އުސާމާ ހަމްދާން ވިދާޅުވީ، ގަތަރުގައި ދެ ދުވަސް ވަންދެން ކުރިއަށް ގެންދިޔަ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކަށް ފަހު، އިސްރާއީލުގެ ފަރާތުން މަޝްވަރާގައި ބައިވެރިވި ފަރާތްތަކުން ހަނގުރާމަ ހުއްޓާލުމަށް ވަރަށް ބޮޑަށް އުއްމީދު ކުރާއިރު، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަކީ، ހަނގުރާމަ ހުއްޓާލުމަށާއި އަސީރުން ދޫކޮށްލުމުގެ އެއްބަސްވުމަށް އޮތް އެންމެ ބޮޑު ހުރަސް ކަމަށެވެ.

އިޒްރޭލުގައި ސަރުކާރާ ދެކޮޅަށް އެތައް ހާސް ބަޔަކު ތެލްއަވީވް އާއި އެހެނިހެން ސިޓީތަކުގެ މަގުތަކަށް ނުކުމެ، ނަތަންޔާހޫ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ގަބޫލުކުރުމަށް ގޮވާލާ މުޒާހަރާކޮށްފައިވެއެވެ.

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް 40،074 މީހުން ޝަހީދުވެ، 92،537 މީހުން ވަނީ ޒަޚަމްވެފައެވެ.  މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް ޖަމާއަތުން ދިން ހަމަލާތަކުގައި އިޒްރޭލުގެ 1،139 މީހުން މަރުވެ، 200 އަށް ވުރެ ގިނަ މީހުން ވަނީ އަސީރުންގެ ގޮތުގައި ބަންދުކޮށްފަ އެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy