ބިދޭސީންތަކެއް އިމެގްރޭސަނުގެ ބެލުމުގެދަށަށް ގެންދަނީ / ފޮޓޯ: އިމެގުރޭސަން
މާލޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 22 ބިދޭސީއަކު އިމިގްރޭޝަނުން ހައްޔަރުކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ އިމިގްރޭޝަނުން ކުރި އެކްސް ޕޯސްޓެއްގައެވެ.
އިމިގްރޭޝަނުން ބުނެފައިވާ ގޮތުގައި، "އިމިގްރޭޝަން ވޮޗް" އަށް މާލޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާ ގުޅޭ މަޢުލޫމާތު ލިބުމާ ގުޅިގެން، އިއްޔެ ހެނދުނު ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. މި އޮޕަރޭޝަނުގައި ގ. ހީނާމާގެ ޕާކިން ސަރަހައްދުން ބިދޭސީން ބަލައި ފާސްކޮށް، ރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ ނެތް 14 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އަދި މާފަންނު ސަރަހައްދުގައި ހުރި ބިދޭސީން ދިރިއުޅޭ އެކަމަޑޭޝަން ބްލޮކެއްގެ މަޢުލޫމާތު މާލެ ސިޓީ ކައުންސިލުން ހިއްސާކުރުމާ ގުޅިގެން، އެތަން ބަލައި ފާސްކޮށް ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ އިތުރު 8 ބިދޭސީއަކު ވެސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އިމިގްރޭޝަނުން ހާމަކޮށްފައިވެއެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ އަދި ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ޚާއްޞަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދަމުންދާއިރު، މިހާތަނަށް 175 އަށްވުރެ ގިނަ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.
އިމިގްރޭޝަނުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މި އޮޕަރޭޝަންތަކުގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދާ އެއްވެސް ބިދޭސީއަކަށް ދެވަނަ ފުރުޞަތެއް ނުލިބޭނެއެވެ. އަދި ކަމާބެހޭ އިދާރާތަކާ ގުޅިގެން މި ބިދޭސީން ޑީޕޯޓުކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
މިފަހަކަށް އައިސް ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގައި ސަރުކާރުން ގެންދަނީ ކާމިޔާބު މަސައްކަތްތަކެއް ކުރަމުންނެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް