އިންޑިއާގައި ކުރަމުންގެންދާ މުޒާހަރާގައި ބައިވެރިވަމުންދާ ޓްރެއިނީ ޑޮކްޓަރުންތަކެއް
ވޭތުވެދިޔަ ހަފްތާގައި ކޮލްކަތާގެ އާރް.ޖީ. ކާރ މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލްގައި ޓްރެއިނީ ޑޮކްޓަރަކު ރޭޕްކޮށް މަރާލި މައްސަލައާ ގުޅިގެން ކުރަން ފެށި މުޒާހަރާ އިންޑިއާގެ އެކި ސަރަޙައްދުތަކަށް ފުޅާވެ އެކި ސިޓީތަކުގައި މަސައްކަތް ކުރާ ޑޮކްޓަރުން ބައިވެރިވާން ފަށައިފިއެވެ.
ހަމަ މިއާއިއެކު މި ހާދިސާގައި މަރާލެވުނު އަންހެން މީހާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ޑޮކްޓަރުން އިހުތިޖާޖު ކުރަމުންދާތީ، އިމަޖެންސީ ޚިދުމަތް ފިޔަވައި އެހެން ޚިދުމަތްތައް ސަރުކާރު ހޮސްޕިޓަލުތަކުން ވަނީ މެދުކަނޑާލާފައެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި މި ހާދިސާ ހިނގީ އެ އަންހެން މީހާ 36 ގަޑިއިރުގެ ޝިފްޓަކަށް ފަހު ވަރުބަލިވެގެން މެޑިކަލް ކޮލެޖްގެ ސެމިނާ ރޫމްގައި ނިދިފައި އޮއްވައެވެ. އަނެއް ދުވަހުގެ ހެނދުނު، އޭނާގެ އެކުވެރިންނަށް ފެނުނީ ސެމިނާ ހޯލްގެ ޕޯޑިއަމް މަތީގައި އޭނާގެ މަރުވެފައިވާ ހަށިގަނޑު ބޮޑެތި ޒަޚަމްތަކަކާއެކު އޮއްވައެވެ. މި މައްސަލައިގެ ތުހުމަތުގައި ހޮސްޕިޓަލުގެ ވޮލަންޓިއަރ މުވައްޒަފަކު ވަނީ ހައްޔަރުކުރެވިފައެވެ.
އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޮޑުވަޒީރު ނަރެންދްރަ މޯދީ ދެއްކެވި ވާހަކަފުޅުގައި އަންހެނުންނަށް ދެވޭ އަނިޔާތަކާ މެދު ތަދު އިހުސާސް ކުރެއްވޭ ކަމަށް ވިދާޅުވިއެވެ. އަދި އަންހެނުންނާ ދެކޮޅަށް ހިންގާ ޖަރީމާތައް އަވަހަށް ތަޙުޤީޤުކޮށް، އެންމެ ހަރުކަށި އަދަބު ދިނުމަށް މޯދީ ގޮވާލެއްވިއެވެ.
އިންޑިއާގެ ނޭޝަނަލް ކްރައިމް ރެކޯޑްސް ބިއުރޯގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2022 ވަނަ އަހަރު އޭގެ ކުރީ އަހަރާ އަޅާ ކިޔާއިރު އަންހެނުންނަށް ދޭ އަނިޔާތައް 4 އިންސައްތަ އިތުރުވެފައިވެއެވެ. މި ހާދިސާއާ ގުޅިގެން އިންޑިއާގެ އެކި ކަންކޮޅުތަކުގައި މުޒާހަރާތައް ކުރިއަށްދާއިރު، އަންހެނުންގެ ރައްކާތެރިކަމާއި ޙައްޤުތައް ކަށަވަރުކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމަށް ސަރުކާރަށް ބާރުއަޅަމުންދެއެވެ.
މި މައްސަލައިގައި އަވަސް އަދި އިންސާފުވެރި ތަޙުޤީޤެއް ހިންގައި، ކުށްވެރިންނަށް އެކަށީގެންވާ އަދަބު ދިނުމަށް ގިނަ ބަޔަކު ވަނީ ގޮވާލާފައެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް