އުތުރަށާއި މެދު ރާއްޖެތެރެއަށް މިއަދު ވަރަށް ބާރަށް ވައި ޖެހި ކަނޑުތައް ގަދަ
ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވެ މޫސުމާބެހޭ ޤައުމީ މަރުކަޒުން މިއަދު ހެނދުނު 8:00 އިން މެންދުރު 13:00 އާ ހަމައަށް ރީދޫ ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ މަރުކަޒުން މަޢުލޫމާތު ދެއްވިގޮތުގައި މި ސަރަހައްދަށް ރީނދޫ ސަމާލުކަން ދަންމަމުން އަންނަތާ މިހާރު 3 ދުވަސް ވެއްޖެއެވެ. މި މުއްދަތުގައި ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ހުރި ސަރަހައްދުތަކުގައި މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވެއެވެ.
އިތުރު ތަފްސީލު ދެއްވަމުން މޫސުމާބެހޭ ޤައުމީ މަރުކަޒުން ވިދާޅުވީ މި ސަރަހައްދުތަކުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިއްސާރަ ކުރާ ވަގުތުތަކުގައި ގަޑިއަކު 50 މޭލުގެ ބާރުމިނަށް ވައިގެ ބާރުމިން އިތުރުވެދާނެ ކަމަށެވެ. އަދި މި ސަބަބުތަކާ ހުރެ ކަނޑުތައް ވެސް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ މަރުކަޒުން ވަނީ އިންޒާރު ދީފައެވެ.
މި އިންޒާރާ ގުޅިގެން މޫސުމާބެހޭ ޤައުމީ މަރުކަޒުން ވަނީ އާންމު ރައްޔިތުންނަށް އިތުރު ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކޮށްފައެވެ. ޚާއްޞަކޮށް ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކަށް ވަރަށް ބޮޑަށް ސަމާލުވުމަށް އެދިފައިވެއެވެ.
މިދިޔަ ހަފްތާގެ އާދީއްތަ ދުވަހުން ފެށިގެން ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގެ ސަބަބުން ގިނަ ރަށްތަކެއްގައި ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ މައްސަލަ ދިމާވެފައިވާ ކަމަށް ވެސް މޫސުމާބެހޭ ޤައުމީ މަރުކަޒުން ފާހަގަކޮށްފައިވެއެވެ. މިކަމުގެ ސަބަބުން ބައެއް ރަށްރަށުގައި ގޭގެއަށް ފެންވަދެ، މުދަލަށް ގެއްލުން ލިބިފައިވާކަން ފާހަގަކުރެވެއެވެ.
މި ހާލަތާ ގުޅިގެން ކަމާބެހޭ އިދާރާތަކުން ވަނީ އެ ރަށްރަށުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައެވެ. މޫސުމާބެހޭ ޤައުމީ މަރުކަޒުން އިތުރަށް ވިދާޅުވީ މި ވިއްސާރަ އަދި ދެމިގެންދާނެ ކަމަށް ލަފާކުރެވޭތީ، އާންމު ރައްޔިތުން ވީހާވެސް ބޮޑަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް އިލްތިމާސްކުރާ ކަމަށެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް