ވައި މަޑުވާނެކަމަށް ލަފާކުރެވެނީ އަންގާރަދުވަހު: މެޓް އޮފީސް

ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ

މޫސުމާބެހޭ ޤައުމީ އިދާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ދިވެހިރާއްޖޭގެ އެކި ސަރަޙައްދުތަކަށް މިހާރު ކުރިމަތިވެފައިވާ ގަދަ ވައިގެ ޙާލަތު އަންނަ އަންގާރަ ދުވަހުން ފެށިގެން ތަދުރީޖީކޮށް މަޑުޖެހޭނެކަމަށް ލަފާކުރެވެއެވެ.

އިދާރާއިން އިތުރަށް ފާހަގަކުރައްވާފައިވަނީ، ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ގުގުރުމާއެކު ވިއްސާރަވެރި މޫސުމެއް ތަޖުރިބާކުރެވޭނެ ކަމަށާއި، ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހުމުގެ ފުރުޞަތު އޮތްކަމަށެވެ.

މީގެއިތުރުން، ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައިވެސް ވައިގެ ބާރުމިން އިތުރުވާނެކަމަށް ލަފާކުރެވެއެވެ. މިގޮތުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، އުތުރާއި މެދުރާއްޖެތެރޭގައި ވައިގެ ބާރުމިން ގަޑިއަކު 18 މޭލާއި 28 މޭލާ ދެމެދުގައި ހުރުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ވިލާގަނޑުގައި ވައިގެ ބާރުމިން ގަޑިއަކު 50 މޭލަށް އަރާފާނެކަމަށްވެސް އަންދާޒާކުރެވެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި 45 މޭލަށް ވައިގަދަވެދާނެކަމަށް ލަފާކޮށް ހުދު ސަމާލުކަމުގެ އިންޒާރެއް ނެރުއްވާފައެވެ. މި އިންޒާރު ދެއްވާފައިވަނީ މިއަދު ހެނދުނު 6:30 އިން 12:30 އަށް ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރެފައިވެއެވެ. މި ސަމާލު ދެމިއޮންނާނީ މިއަދު ހެނދުނު 8:00 އިން މެންދުރު 13:00 އާ ހަމައަށެވެ. މި މުއްދަތުގައި ބޯކޮށް ވާރޭވެހި، ގަޑިއަކު 25-30 މޭލުގެ ބާރުމިނުގައި ވައިޖެހުމާއެކު، ވިއްސާރަ ގަދަވުމުގެ ސަބަބުން ގަޑިއަކު 50 މޭލަށް ވައިގެ ބާރުމިން އިތުރުވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވެއެވެ.

މި ނުރައްކާތެރި މޫސުމާ ގުޅިގެން، ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ކުރަމުންދާ ވިއްސާރައާއި ވައިގަދަވުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކަށް ރައްޔިތުން ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ، މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށާއި، ކޮންމެހެން ނޫނީ ކަނޑު ދަތުރުފަތުރު ނުކުރުމަށް އާންމުންނަށް އިލްތިމާސްކޮށްފައިވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

42 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy