މުހައްމަދު ޒާހިރު (އޯކޭ ޒާހިރު)
ރާއްޖޭގެ ނަންމަޝްހޫރު ވިޔަފާރިވެރިއެއް ކަމުގައިވާ މުހައްމަދު ޒާހިރު (އޯކޭ ޒާހިރު) 76 އަހަރުގެ އުމުރުގައި ރޭ އަވަހާރަވެއްޖެ އެވެ.
ޒާހިރު އަވަހާރަވީ ސްރީ ލަންކާގެ އާސަންދަ ހޮސްޕިޓަލުގެ ވެންޓިލޭޓަރުގައި ފަރުވާ ދެމުންދަނިކޮށެވެ.
ޒާހިރަކީ ރާއްޖޭގެ ވިޔަފާރި ދާއިރާގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ. އޭނާ ވަނީ ދޮންނަ ކުނޑި އާއި އެއާ ފްރެޝްނާ ފަދަ ތަކެތި ރާއްޖޭގައި އުފައްދަވައިފައެވެ. މީގެ ތެރޭގައި ސާފް ލިކުއިޑް، ތިރުނަ ޕައުޑަރު، ރެހެންދި ޓެލްކަމް ޕައުޑަރު، ފަސޭހަ ލިކުއިޑް، އަދި ރީތިއަލީގެ ނަމުގައި އުއްބައްތި އުފެއްދެވުން ހިމެނެއެވެ. މީގެ އިތުރުން މަހާއި ހުއިފިލަނޑާގެ ބާވަތްތައް އެކްސްޕޯޓު ކުރުމުގެ މަސައްކަތް ވެސް ކުރައްވާފައިވެއެވެ.
ޒާހިރުގެ ވިޔަފާރީގެ ހިދުމަތަށް 1993 ވަނަ އަހަރު އިގްތިސާދީ މަސައްކަތް ކުރިއެރުވުމުގެ ދާއިރާއިން އާންމު ހިދުމަތުގެ އިނާމު ލިބިވަޑައިގެންފައިވެއެވެ. އަދި ވިޔަފާރިވެރިންގެ ޖަމިއްޔާގައި ވެސް އިސް ދައުރެއް އަދާކުރައްވާފައިވެއެވެ.
ސިޔާސީ ގޮތުން ވެސް ހަރަކާތްތެރިވެވަޑައިގެންނެވި ޒާހިރު، 2004 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ހިންގި މިނިވަން ބަހުސްތަކުގައި އިސްކޮށް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެމްޑީޕީގެ ލ. ފޮނަދޫ ދާއިރާގެ ރައީސްކަން ވެސް ކުރައްވާފައިވެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް