ބޯންމަތް އިން ރެކޯޑު އަގެއްގައި ކުޅުންތެރިއެއް ގަނެފި

ބްރެޒިލްގެ ޤައުމީ ޓީމުގެ ސްޓްރައިކަރ އެވަނިލްސަން

ބޯންމަތް އިން ބްރެޒިލްގެ ޤައުމީ ޓީމުގެ ސްޓްރައިކަރ އެވަނިލްސަންއާއެކު 40.2 މިލިއަން ޕައުންޑުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިއީ ކުލަބުގެ ތާރީޚުގައި އެންމެ މަތީ އަގެއްގައި ކުޅުންތެރިއަކު ގެނައުމަށް ކުރެވުނު އިންވެސްޓްމަންޓެވެ.

24 އަހަރުގެ އެވަނިލްސަންވަނީ ވޭތުވެދިޔަ ހަތަރު އަހަރު ޕޯޗުގީޒް ކުލަބު އެފް.ސީ ޕޯޓޯއަށް ކުޅެ، 154 މެޗުގައި 60 ލަނޑު ޖަހާފައެވެ. މި އެއްބަސްވުމުގެ ދަށުން، ބޯންމަތު އެފް.ސީ އިން އިބްތިދާއީ ގޮތުން 31.7 މިލިއަން ޕައުންޑު ދައްކަންޖެހޭނެއެވެ. އަދި ވަކި ޝަރުތުތަކެއް ފުރިހަމަވުމުން އިތުރު 8.5 މިލިއަން ޕައުންޑު ދެއްކުމަށް ހަމަޖެހިފައިވެއެވެ.

ބޯންމަތުގެ ޗީފް އެގްޒެކެޓިވް ނީލް ބްލޭކް ވިދާޅުވީ އެވަނިލްސަންއަކީ ވަރަށް ގިނަ ކުލަބުތަކުން ހޯދަން އުޅުނު ސްޓްރައިކަރެއް ކަމަށާއި، މިފަދަ ރެކޯޑު އަގެއްގައި އޭނާ ގެނައުމުން ކުލަބުގެ އަމާޒާއި ވިސްނުން ހާމަވެގެންދާ ކަމަށެވެ. އަދި ވޭތުވެދިޔަ ސީޒަންގައި 25 ލަނޑު ޖަހާފައިވާ އެވަނިލްސަންގެ ހުނަރާއި ތަޖުރިބާއިން ކުލަބުގެ އަމާޒުތައް ހާސިލުކުރުމަށް އެހީތެރިވެދޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

އެވަނިލްސަންއަކީ ބްރެޒިލްގެ ޤައުމީ ޓީމަށް ދެ ފަހަރު ކުޅެފައިވާ ކުޅުންތެރިއެކެވެ. އަދި ކޯޕާ އެމެރިކާގައި ބްރެޒިލް ޓީމުގައި ހިމެނި، ކުއާޓަރ ފައިނަލްގައި އުރުގުއޭއާި ދެކޮޅަށް ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ބައިވެރިވިއެވެ.

އެވަނިލްސަން ބޯންމަތުގައި ލާނީ ނަންބަރު 9 ޖާޒީއެވެ. މި ޖާޒީ ހުސްވެފައިވަނީ ޑޮމިނިކް ސޮލާންކޭ 65 މިލިއަން ޕައުންޑަށް ޓޮޓެންހަމްއަށް ބަދަލުވުމާ ގުޅިގެންނެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

56 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy