ބާ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އަލުން އިޢުލާންކޮށްފި

ބާކައުންސިލްގެ ބައެއް އިސްވެރިން

ބާ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ)ގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަނެއްކާވެސް ހުޅުވާލައިފިއެވެ.

މި މަޤާމަށް މީހަކު ހޯދުމަށް މި މަހުގެ 5 ވަނަ ދުވަހު ވެސް ބާ ކައުންސިލުން އިޢުލާންކޮށްފައިވީ ނަމަވެސް، އެކަށީގެންވާ ތަރުހީބެއް ނުލިބުމާ ގުޅިގެން އަލުން އިޢުލާންކުރަން ޖެހުނީކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަށް އައްޔަންކުރާ މި މަޤާމަށް އަލުން އިޢުލާންކޮށްފައިވަނީ އިއްޔެއެވެ. މި އިޢުލާނުގެ މުއްދަތު ހަމަވާނީ މި މަހުގެ 26 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 އަށެވެ. ކުރީގެ އިޢުލާނާ ގުޅިގެން ފޯމު ހުށަހެޅި ފަރާތްތަކުން އަލުން ފޯމު ހުށަހަޅާކަށް ނުޖެހޭނެ ކަމަށް ބާ ކައުންސިލުން ބުނެފައިވެއެވެ.

މި މަޤާމުގެ މުސާރައަކީ މަހަކު 40,500 ރުފިޔާއެވެ. މީގެ އިތުރުން މަސައްކަތާ ގުޅޭ އެހެނިހެން އެލަވަންސްތަކާއި، ރޯދަ މަހުގެ އެލަވަންސް އަދި ޕެންޝަން ސްކީމްގެ ދަށުން ލިބިދެވޭ ޕެންޝަން ވެސް ލިބޭނެއެވެ.

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރޭގައި ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުމާއެކު، ޤާނޫނީ ވަކީލެއްގެ ގޮތުގައި މަދުވެގެން 7 އަހަރުދުވަހު މަސައްކަތްކޮށްފައިވުން ހިމެނެއެވެ. އަދި ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭފަދަ މައްސަލައެއް ކޯޓަކަށް ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިވާ މީހަކަށް ވެގެން ނުވާނެއެވެ. މީގެ އިތުރުން ޤާނޫނީ ގޮތުން ބަނގުރޫޓުވެފައިވާ ނުވަތަ ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކަށް ވެސް ވެގެން ނުވާނެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

21 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

1 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy